އެޗްޕީއޭއިން ދެންމެ ހާމަކުރި ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތުގައި ބުނެފައިވަނީ ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 194 ކަމަށެވެ.
ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވުވި 194 މީހުންގެ ތެރޭގައި ހިމެނެނީ 167 ދިވެހިންނާ، 16 ބަންގުލަދޭޝް މީހުންނާއި، އިންޑިޔާގެ 07 މީހަކާއި ސްރީލަންކާގެ މީހަކާއި ނޭޕާލް އަދި ތައިލޭންޑް އަދި އިޓަލީ މީހެކެވެ.
ރަނގަޅުވެފައިވަނީ 97 މީހުން ކަމަށާއި މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 4012 މީހުން ރަނގަޅު ވެފައިވާ ކަމަށެވެ. 6،564މީހަކަށް ވަނީ މިބަލި ޖެހިފައެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް މިހާތަނަށް 101،730 ސާމްޕަލް ނަގާފައިވާއިރު، އައިސޮލޭޝަން ފެސިލިޓީގައި 1398 ފަރާތެއް ހޮސްޕިޓަލްގައި އެޑްމިޓް ކޮއްފައިވަނީ 166 ފަރާތެއް އަދި ކަރަންޓީނު ފެސިލިޓީގައި އެއްވެސް ފަރާތެއް ނުވާކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.
އަދި މިބަލީގައި ރާއްޖެއިން 25 މީހަކު ވަނީ މަރުވެފައެވެ.