މުމްބާއީގެ ސައިބަރ ސެލް އިން ސޮނާކްޝީ ސިންހާއަށް ހަނގާކޮށް ފުރައްސާރަ ކުރި މީހަކު ހައްޔަރުކޮށްފިއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، ސޮނާކްޝީއާއި ބެހޭގޮތުން ބޭ އަދަބީ ކޮށް ވާހަކަ ދައްކާ ފުރައްސާރަކޮށް ހަނގާ ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ.
ސޮނާކްޝީވަނީ މިކަމުގެ ސަބަބުން މުމްބާއީގެ ސައިބަރ ބްރާންޗްގެ ފުލުހުންނަށް ޝުކުރު އަދާ ކޮށްފައެވެ. އަދި މި ފަދަ މަސައްކަތްތަށް ކުރައްވާތީ އުފާވާ ކަމަށްެވެސް ވަނީ ބުނެފައެވެ.
ސޮނާކްޝީވަނީ މި ކަމުގެ ސަބަބުން އޮންލައިން ކެމްޕޭންއެއްވެސް ފަށާފައެވެ. އޮންލައިންކޮށް މީހުންނަށް ފުރައްސާރަކޮށް ހަނގާ ކުރާ މީހުންނާ ދެކޮޅަށް ތެދުވާ މި ކެންޕޭނުގައި ހިއްސާވެވޭތީ އޭނާ އުފާވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
”އަބް ބަސް“ ކެމްޕޭނުގައި މި ފަދަ ކަންކަން ދިމާވާ ހުރިހާ އެންމެނަށް އެހީ ވާނެ ކަމަށާއި އެކަކުވެސް ބާކީ ނުވާނެ ކަމަށް މި ކެންޕޭނުގައި އިސް ސަފުގައި އުޅޭ އެންމެން ބުނެއެވެ. ސިންހާ ވަނީ އިންސްޓަގްރާމުގައި އޭނާގެ ކޮމެންޓު ސެކްޝަން ހުޅުވާލާފައެވެ. އަދި އެއްވެސް މީހަކު ބޭ އަދަބީކޮށް އޭނާ އާއި މުޚާތަބު ނުކުރުމަށް ބުނެފައިވަނިކޮށް ބައެއް މީހުން އެގޮތަށް މުޚާތަބުކޮށް އޭނާއަށް އިންޒާރު ދިނުމުން އޭނާ ވަނީ މި މައްސަލަ މުމްބާއީގެ ސައިބަރ ކްރައިމްސް ޔުނިޓަށް މައްސަލަ ހުށަހަޅާފައެވެ.