ތެލަގޫ ފިލްމްތަކުން މަޝްހޫރުކަން ހޯދަމުންއައްނަ ވިޖޭ ދެވަރކޮންޑާގެ ފުރަތަމަ ހިންދީ ފިލްމުން އޭނާ ފެނިގެންދާނީ އެމް.އެމް.އޭ ފައިޓަރެއްގެ ގޮތުގައެވެ.
މިފިލްމަކީ ވިޖޭ ދެވަރކޮންޑާ ފުރަތަމަ ފަހަރަށް އެކްޝަން ފިލްމަކުން ފެނިގެންދާނެ ފަހަރެވެ. މިގޮތުން ކެރެކްޓަރ އެމް.އެމް.އޭ ފައިޓަރެއްގެ ގޮތުގައި ދެއްކުމަށް ގިނަ ޓްރޭނިންގްތަކެއް ހަދަމުންގެންދާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
މިފިލމްގައި އެމް.އެމް.އޭ ޓްރޭނަރއެއްގެ ގޮތުގައި ފެނިގެންދާނީ ރޯނިތް ރޯއި (ބަޖާޖް) އެވެ. މިފިލްމުން ތަފާތް އެކިވައްތަރުގެ މާރޟިއަލް އަރޓްސް ފެނިގެންދާނެ ކަމަށް ފިލްމްގެ ޑައިރެކްޓަރ / ޕުރޮޑިއުސަރ ޕޫރީ ޖަގައްނާތް މީޑިޔާއަށް ދިން އިންޓަވިއު އެއްގައިވަނީ ބުނެފައެވެ.
މި ފިލްމުން ވިޖޭ ދެވަރކޮންޑާ އިތުރުން އަނަންޔާ ޕާންޑޭ ފެނިގެން ދާނެއެވެ. ފިލްމަށް ދީފައިވާ ނަމަކީ ވެސް ”ފައިޓރ“ އެވެ. ފިލްމް ނެރޭނެ ވަކި ތާރިހެއް އިޢުލާނެއް އަދި ނުކުރެއެވެ. ފިލްމްގެ ރައިޓްސް ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންއިން ވަނީ ގަނެފައެވެ.