ޒުވާން އަންހެން ކުދިންގެ ހިތްތަކުގެ ރަސްގެފާނު ކަމަށްވާ ލަވަކިއުންތެރިޔާ މަޝްހޫރު ޝަލަބީ އިބްރާހިމް، އޭނާގެ ހިތުގެ ރާނީއާ މިއަދު ކައިވެނިކޮށްފިއެވެ.
ފަހަރުގައި މިއީ ބައެއް އަންހެން ކުދިންނަށް އެހާ އުފާވެރި ޙަބަރަކަށް ނުވެ ވެސް ދާނެއެވެ.
އުމުރުން 23 އަހަރުގެ ލަވަކިއުންތެރިޔާ ކައިވެނިކުރީ، މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާ ލޯބީގެ ގޮތުން ގުޅުނު 21 އަހަރުގެ ޝިފާ އިބްރާޙިމާއެވެ. އައްޑޫ ހިތަދޫ އަށް އުފަން ޝިފާ ރަން ކިޔައިފައި ވަނީ 1234.56ރ. އަށެވެ.
ފެމިލީ ކޯޓާ ޒޫމް ވީޑިއޯ ކޮންފަރެންސް ކޯލް މެދުވެރިކޮށް ކުރިއަށްދިޔަ ކައިވެނީގެ މަޖިލިސްގައި ”އަނބި ގަބޫލްކޮށްފިން“ ކަމަށް ޝަލަބީ ބުނީ މިއަދު ހެނދުނު 10.42 ގައެވެ.
ޝަލަބީގެ އާއިލާގެ ގެއެއްގައި އޮތް ކައިވެނީގެ ކުޑަކުޑަ ހަފުލާގައި ޝިފާ ލައިގެން ހުރީ ސަގާފީ ދިވެހި ލިބާހާއި ދާދި އެއްގޮތް ހެދުމެކެވެ. ކައިވެނީގެ ރަން ތައްޔާރުކޮށްފައި ވަނީ ދިވެހިވަންތަ ގޮތަކަށެވެ.
ކައިވެނީގެ މަޖިލިސްގައި ބައިވެރިވީ ދެފަރާތުގެ އާއިލާގައި މި ވަގުތު މާލޭގައި ތިބި މަދު ބަޔެކެވެ.
މޯލްޑިވިއަން އައިޑޮލްގެ ހުރިހައި ސީޒަނަކަށް ބަލާއިރު ވެސް އާންމުންގެ އެންމެ ބޮޑު މަގުބޫލްކަމެއް ޝަލަބީ ވަނީ ހޯދާ ގިނަ ބަޔަކު އެނާގެ އަޑުގެ ޖާދޫގައި ޖައްސާފައެވެ.
ދިޑެއިލީ ޓީމްގެ ފަރާތުންނާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ޝަލަބީ އާއި ޝިފާއަށް އުފާވެރި ކައިވެންޏަކަށް އެދެމެވެ.