އެޗްޕީއޭއިން ދެންމެ ހާމަކުރި ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތުގައި ބުނެފައިވަނީ ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 119 ކަމަށެވެ.
ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވުވި 119 މީހުންގެ ތެރޭގައި ހިމެނެނީ 100 ދިވެހިންނާ، 11 ބަންގުލަދޭޝް މީހުންނާއި، އިންޑިޔާ03 މީހަކާއި ފިލިޕީސްގެ 02 މީހަކާއި އެމިރޭޓްސް ދެމީހަކާއި ސްރީލަންކާގެ މީހެކެވެ.
ރަނގަޅުވެފައިވަނީ 109 މީހުން ކަމަށާއި މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 4222 މީހުން ރަނގަޅު ވެފައިވާ ކަމަށެވެ. 6،779 މީހަކަށް ވަނީ މިބަލި ޖެހިފައެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް މިހާތަނަށް 103،654 ސާމްޕަލް ނަގާފައިވާއިރު، އައިސޮލޭޝަން ފެސިލިޓީގައި 1457 ފަރާތެއް ހޮސްޕިޓަލްގައި އެޑްމިޓް ކޮއްފައިވަނީ 162 ފަރާތެއް އަދި ކަރަންޓީނު ފެސިލިޓީގައި އެއްވެސް ފަރާތެއް ނުވާކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.
އަދި މިބަލީގައި ރާއްޖެއިން 26 މީހަކު ވަނީ މަރުވެފައެވެ.