ހިއްސާގެ ފައިދާ ބޭންކުތަކުން ބެހުމުގެ ކުރިން ހުއްދަ ހޯދަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން އެދިއްޖެއެވެ.
އާންމުކޮށް މިފަދަ ހާލަތުގައި ކަން ކުރާ އުސޫލު ކަމަށް އެމްއެމްއޭއިން ބެންކުތަކަށް އެންގުމަށް އާންމުކުރި އިއުލާންގައި ވެއެވެ.
އެމްއެމްއޭ އަށް ބެންކުތަކުގެ ހިއްސާގެ ފައިދާ ބެހުމުގެ ކުރިން މަޢުލޫމާތު ހިއްސާ ކުރަން އެންގުމުގެ ބާރު އެ އޮތޯރިޓީއަށް ލިބިގެންވެއެވެ.
މި އަހަރު ހިއްސާދާރުންނަށް ފައިދާ ނުބެހުމަށް އެމްއެމްއޭ އިން ބޭންކުތަކަށް އެންގިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މިދިޔަ މަހުގެ ކުރީކޮޅު އެކަމާއި ގުޅިގެން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ސޮއި ކުރައްވާ ބޭންކުތަކަށް ސިޓީއެއް ފޮނުއްވި ކަމަށެވެ.
މިދަނޑިވަޅުގައި ބޭންކުތަކުގެ މާލީ ހާލަތު ރަނގަޅުކޮށް ލުއިދިނުމުގެ ގޮތުން އެމްއެމްއޭގައި ބަހައްޓަން ޖެހޭ މިނިމަމް ރިޒާވް ރިކުއާމަންޓް ވެސް ދަށްކޮށް ދީ ޑިވިޑެންޑް ބަހާ ނަމަ، އެއީ ބޭންކުތަކުގެ މާލީ ހާލަތު ނުވަތަ ލިކުއިޑިޓީއަށް އަސަރު ކުރާނެ ކަމެއް ކަމަށް އެ ސިޓީގައިވާ ކަމަށް އެމްއެމްްއޭއިން ހަމަކުރެއެވެ.
އެއީ މީގެ ކުރިން ފޮނުވި ސިޓީއެއް ކަމަށާއި މިހާރު ކޯވިޑް-19 ގެ ހާލަތު ބަދަލުވެފައިވާ ކަމަށް އެ އޮތޯރިޓީން މަޢުލޫމަތު ހަމަކުރިއެވެ.
ބެންކު އޮފް މޯލްޑިވްސް އާއި އިސްލާމިކް ބެންކުން އާންމުންނަށް ހިއްސާ ވިއްކާ އޭގެ ފައިދާ ބަހައެވެ.