ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރު ޑިޒައިންކޮށް ތަރައްޤީ ކުރުމަށް ބޭނުންވާ އިކުއިޕްމެންޓާއި މެޝިނަރީ މި މަހުގެ 12 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން މަޢުލޫމާތު ހަމަކުރެއެވެ.
މި މަޝްރޫޢުގެ ދަށުން 25,000 ކިއުބިކް މީޓަރުގެ ސަރަހައްދު ފުންކުރުމާއި 256 މީޓަރުގެ ސަރަހައްދުގައި އެއްގަމު ތޮށި ޖެހުމާއި401 މީޓަރުގެ ބޭރުތޮށި ޖެހުން އަދި 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން ޕޭވްމަންޓް ތަރައްޤީކުރުމާއި ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުން ވެސް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށް ކުރިއަށްގެންދާ މި މަޝްރޫޢުއަށް 35.60 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭއިރެއެވެ.
މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 10 ޑިސެމްބަރ 2019 ގައެވެ.