މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޯވިޑްބަލީގައި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
ރޭ ދަންވަރު 2:58 ގައި އައި.ޖީ.އެމް އެޗް ގެ އެމެޖެންސީ އަށް ގެންދިޔަ ދިވެއްސެއް ނިޔާ ވެއްޖެއެވެ. އެޗްޕީއޭ އިން ހާމަ ކުރިގޮތުގައި ނިޔާވެފައިވަނީ އުމުރުން 79 އަހަރުގެ ފިރެހެނެކެވެ.
ކުރިން މިބަލީގައި 26 މީހުން މަރުވެފައި ވާއިރު މި އަދަދު ވަނީ 27 ހަށް އުފުލިފައެވެ.
އަދި ހަމަ އެކަނި އިއްޔެވެސް ވަނީ ޖުމްލަ 119 މީހުން ބައްޔަށް ފައްސިވެފައެވެ. އޭގެ ތެރޭގައި 100 ދިވެހިންނާއި، 19 އެހެނިހެން ގައުމް ތަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ. އަޅުގަނޑުމެންގެ ދުޢާ އަކީ މައްޔިތާގެ ފާފަ ފުއްސަވާ ސުވަރުގެ މިންވަރު ކޮށްދެއްވުމެވެ.