ނިއު ޒިލެންންޑްގެ މިސްކިތަކަށް ޙަަމަލާދީ 51 މުސްލިމަކު ޝަހީދުކޮށްލާފައިވާ ޓެރަރިސްޓު އިތުރު މިސްކިތަކަށް ޙަމަލާ ދިނުމަށްވެސް ރާވާފައިވާކަމަށް އެނާގެ ޝަރީޢަތުން އެނގިއްޖެއެވެ.
ބްރެންޓަން ޓެރެންޓް ނަމަކަަށްކިޔާ މި މިހާ ވަނީ އެތަކެއް މުސްލިމުންނެއް ޝަހީދުކޮށްލާފައެވެ. އަދި އެނާ ބުނެފައިވާ ގޮތުގައި އޭނާ ބޭނުންވަނީ އެއަށް ވުރެ ގިނަ މީހުން މަރާލުމަށެވެ.
އޮސްޓްރޭލިއާގެ މި މީހާގެ މައްޗަށް ވަނީ 51 އެއް މީހަކު މަރާލުމުގެ ދަޢުވާއާއި، 40 މީހަކު މާރާލުމަށް މަސައްކަތްކޮށްފައވާ ކަމުގެ ދަޢުވާއާއި ޓެރަރިޒަމްގެ ދަޢުވާއެއްވެސް ކޮށްފައެވެ. އަދި މި ހުރިހާ ދަޢުވާއެއްވެސް އޭނާގެ މައްޗަށް ސާބިތުވެއެެވެ.
ނިއު ޒިލޭންޑްގައި މިހާތަނަށް ދީފައި ނުވާ ހުކުމެއްކަމުގައިވާ ޕޭރޯލުގެ ދަށުންވެސް އޭނާއަށް ނުނިކުމެވޭނެ ފަދަ ގޮތަކަށް ވަނީ މުޅި ޢުމުރަށް ޖަލަށް ލުމަށް ޙުކުމްކޮށްފައެވެ.
ކޯޓުގައި އެނާގެ ޙަމަލާއިން ސަލާމަތްވެފައިވާ މީހުން ވަނީ އޭނާއާއި ދެކޮޅަށް ވާހަކަދައްކާފައެވެ. މައިސޫން ސަލާމާ، އޭނާގެ ދަރިފުޅު މި ހާމަލާގެ ޝިކާރައަކަށްވެ ޝަހީދުވެފައިވާ، ބުނެފައިވަނީ 51 ފުރާނަ އޭނާ ޤަތުލުކޮށްލި އިރު އެމީހުންގެ ކުށެއްގެ ގޮތުގައި ޤާތިލަށް ފެނިފައިވަނީ އެ މީހުން މުސްލިމުންގެ ގޮތުގައި ފެނުމެވެ. އަދި އޭނާ އަށް މަޢާފެއް ނުކުރެވޭނެކަމަށްވެސް ސަލާމާ ވަނީ ބުނެފައެވެ.
ޤާތިލުގެ ޝަރީޢަތް ކުރިއަށް ދިޔަ އިރު ހޯމަ ދުވަހުގެ އަޑުއެހުމުގައި އޭނާ ހުރީ ވަރަށް މަޑުމަޑުންެނެވެ. އޭނާގެ ހަމަލާގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ޢާޢިލާ ތަކުން ވާހަކަ ދެއްކިއިރު އޭނާ އެމީހުންނަށް ބެލުން ފިޔަވައި އިތުރުކަމެއް ކުރި ތަނެއް ނުފެނެއެވެ.
ކްރައުން ޕްރޮސެކިއުޓަރ ބާރނަބީ ހައުސް ބުނި ގޮތުގައި މި މީހާ ވަނީ އޭނާގެ ޢުދުވާނީ ޙަމަލާ އެތައް ދުވަހެއް ކުރިން ރާވާފައެވެ. އަދި އޭނާގެ އަމާޒަކަށްވީ، ވީހާވެސް ގިނަ ބަޔަކު މި ޙަމަލާގައި މަރާލުމެވެ. އޭނާ ވަނީ ނިއު ޒިލެންޑްގެ މިސްކިތްތަކާއި ބެހޭ މަޢުލޫމާތު އެއްކޮށް އެ މިސްކިތްތަށް ހަދާފައިވާ ގޮތްވެސް ވަރަށް ރަނގަޅަށް ދިރާސާ ކޮށްފައެވެ.
އަދި އޭނާ ވަނީ މި މިސްކިތްތަކަށް މީހުން އެންމެ ގިނައިން ވަންނަ ގަޑިތަށް ވެސް ދިރާސާ ކޮށްފައި އެ ގަޑިއަށް އޭނާގެ ޙަމަލާ ތައްޔާރުކޮށްފައެވެ. އޭނާ ވަނީ މި މިސްކިތްތަކުގެ މަތިން ޑްރޯން އުދުއްސައި މަތިންވެސް މި މިސްކިތްތައް ބަލާފައެވެ.
އޭނާ އަލް ނޫރް މިސްކިތަށްފަހު ޙަމަލާ ދިނުމަށް ރާވާފައިވަނީ އޭޝްބާރޓަން މިސްކިތަށް ކަމަށާއި، އޭނާ އެ މިސްކިތަށް ދިޔަ މަގުމަތީގައި ހައްޔަރު ކުރުމުގެ ސަބަބުން އެ ޕްލޭން ފެއިލްވީ ކަމަށްވެސް ޝަރީޢަތުގައި ވަނީ ބުނެފައެވެ.
އޭނާ ލިންވޫޑް އިސްލާމިކް ސެންޓަރާއި ދިމާލަށް ދިޔަ މަގުމަތީގައި ވަނީ އެފްރިކާ ނަސްލުގެ މީހަކާ ދިމާލަށް ވެސް ބަޑި ޖާހާފައެެވެ. އަދި ދޮން މީހަކާއި ދިމާލަށް ބަޑި ދިއްކުރުމަށްފަހު އޭނާ ވަނީ ބަޑި ނުޖަހާ ގޮސްފައެވެ.
ޤާތިލު ކޯޓިގައި ވަކީލެއްގެ އެހީއާއި ނުލާ ވަކާލާތި ކުރަނީ އަމިއްލައަށެވެ. އަދި 17 އަހަރު އޭނާގެ ޙުކުމަށް ޖަހާފައިވީ ނަމަވެސް، ކެމެރަން މެންޑަރ ވިދާޅުވާ ގޮތުގައި ހައި ކޯޓުގެ އިސް ގާޒީއަށް އޭނާ ޕޭރޯލަކާއި ނުލާ ޢުމުރު ދުވަހަށް ޖަލަށް ޙުކުމް ކުރެވޭނެއެވެ.