DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

ރައީސް މައުމޫނުގެ ރައްދު ރައީސް ނަޝީދަށް

މުހައްމަދު ރީޚާން ލިޔުނީ: މުހައްމަދު ރީޚާން
އޯގަސްޓް 25, 2020
ޚަބަރު
0
އެކަށީގެންވާ ސަބަބަކަށް ޓަކައި ދުރުދުރުގައި ތިއްބަސް ނަމާދު ޞައްޙަވާނެ:މައުމޫނު

ރައީސް މައުމޫނުގެ ވެރިކަމުގައި ރާއްޖޭގެ ބޭއްވުނު ވޯޓުތަށް ވަނީ އޯލުވާލާފައި ކަމަށް ބުނެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުއީޓަށް ރައީސް މައުމޫން ރައްދު ދެއްވާފިއެވެ.

ADVERTISEMENT

ރައީސް ނަޝީދު ވިދާޅުވީ، ރައީސް މައުމޫންގެ ހަޔާތްޕުޅުގައި ބޭއްވުނު ކޮންމެ ވޯޓެއްގައިވެސް ރައީސް މައުމޫނު މަކަރުހައްވާ އޮޅުވާލާފައި ވާކަމަށާއި، 2007 ވަނަ އަހަރު ބޭއްވުނު ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮންނަންވީ ގޮތުގެ ވޯޓުވެސް އެމަނިކުފާނު އޮޅުވާލެއްވިކަމަށެވެ. އަދި ހަމައެކަނި އޮޅުވާނުލާ ކުރިއަށް ގެންދެވުނު ވޯޓުން ރައީސް މައުމޫނު ބަލިވެވަޑައިގަތީ ކަމަށާއި، އެއީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުކަމަށްވެސް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، މުހައްމަދު ނަޝީދުވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ޓުއީޓަށް ރައްދު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނު ހިތާމަކުރައްވަނީ، ބައެއް ބޭފުޅުން ދިވެހި ރައްޔިތުންނަކީ މޮޔައިންގެ ގޮތުގައި ދެކޭތީކަމަށާއި، 30 އަހަރު ދުވަހު ބޭއްވުނު ހުރިހާ އިންތިހާބެއް އޮޅުވާލިނަމަ 2008 ގެ ރިޔާސީ އިންތިހާބު އޮޅުވާ ނުލެވެންވީ ކީއްވެތޯ ވިދާޅުވެފައެވެ. އަދި މިކަމަށް ބުއްދި ގަބޫލު ކުރެވޭނެ ޖަވާބެއް ދިނުމަށްވެސް ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ޓުއީޓުގައި ވިދާޅުވެފައެވެ.

އަޅުގަނޑު ދެރަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ . 30 އަހަރު ގެ ތެރޭގައި އައި ހުރިހާ އިންތިޚާބެއް އޮޅުވާލި އިރު 2008 ގެ އިންތިޚާބު އޮޅުވާނުލެވުނީ ކީއްވެތޯ؟ ބުއްދި ޤަބޫލުކުރާ ޖަވާބެއް ދެއްވަ ބައްލަވަ!

— Maumoon Abdul Gayoom (@maumoonagayoom) August 25, 2020

އިއްޔެގެ ވަގުތެއްގައި ރައީސް މައުމޫން ކުރެއްވި ޓުއީޓާއި ގުޅިގެން ގިނަބަޔެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އެމަނިކުފާނު ކުރެއްވި ޓުއީޓުގައި ވިދާޅުވީ، ދިވެހި ރާއްޖޭގެސިޔާސީ،އިޖްތިމާޢީ އަދި އިޤްތިޞާދީ ޙާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ  ނިޒާމު ކަން ކަށަވަރުވާކަމަށާއި، 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންގެ ވަރަށް ބޮޑު އަޣްލަބިއްތަކުން އެކަން އެގޮތަށް ނިންމަވާފައިވާ ކަމަށެވެ.

ރައީސް ނަޝީދަކީ އަބަދުވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މިހާރު އެމަނިކުފާނުގެ ޕާޓީއަށް މަޖިލީހުގެ ސުޕާރ މެޖޯރެޓީ ލިބިފައި އޮތުމުން ވެރިކަމުގެ ނިޒާމު އެމަނިކުފާނު ބޭނުންވާ ގޮތަށް ބަދަލުކުރުމަށް ފަސޭހަވެގެން ދާނެއެވެ.

އެހެން ނަމަވެސް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުން 2007 ވަނަ އަހަރު ފެންނަ ނުފެންނަ ވޯޓަކުން ރިޔާސީ ނިޒާމަށް ފުރިހަމަ ތާއީދު ލިބި، އެގޮތުގެ މަތިން މިއަދާ ހަމަޔަށްވެސް ރާއްޖޭގެ ވެރިކަން ކުރަމުންދާ ނިޒާމެވެ. އަދި އެނިޒާމު ބަދަލު ކުރަންވެސް ޖެހޭނީ ރައްޔިތުންގެ ވޯޓަކުން ކަން ގިނަފަރާތް ތަކަކުން އަންނަނީ ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ ޚަރަދުގައި ބޮޑެތި ބަލިތަކަށް ފަރުވާކުރެވޭނެ ގޮތް ރ.ޔާމިން ހަމަޖައްސައިދިން: ޑރ.ޚަލީލް

ދައުލަތުގެ ޚަރަދުގައި ބޮޑެތި ބަލިތަކަށް ފަރުވާކުރެވޭނެ ގޮތް ރ.ޔާމިން ހަމަޖައްސައިދިން: ޑރ.ޚަލީލް

ޖެނުއަރީ 27, 2021
މާލެއިން ރަށްރަށަށްދާ މީހުން ކަރަންޓީނުވާން މަޖުބޫރުކޮށްފި

މާލެއިން ރަށްރަށަށްދާ މީހުން ކަރަންޓީނުވާން މަޖުބޫރުކޮށްފި

ޖެނުއަރީ 27, 2021
މާލޭ ސަރަހައްދުގައި އަނެއްކާ ވެސް ކާފިއު އިއުލާނުކޮށްފި

މާލޭ ސަރަހައްދުގައި އަނެއްކާ ވެސް ކާފިއު އިއުލާނުކޮށްފި

ޖެނުއަރީ 27, 2021
ކުޑަކުދިންތަކަކަށް ހަމާލާދީފައި ސުވަރުގެ ނުވަދެވޭނެ: މަޙްލޫފް

ކުޑަކުދިންތަކަކަށް ހަމާލާދީފައި ސުވަރުގެ ނުވަދެވޭނެ: މަޙްލޫފް

ޖެނުއަރީ 27, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    0 shares
    Share 0 Tweet 0
  • މައްކާގެ ޙަރަމްފުޅުގައި ކޮތަރެއް ސަޖިދަޖަހަނީ

    0 shares
    Share 0 Tweet 0
  • ސިޔާސީ ފިކުރު ދެގޮތްވި ނަމަވެސް މި ތިބީ ލޯބީގެ ގޮތުން ގުޅިފައި، އަންނަމަހު ކައިވެނިކުރާނަން: ޒިޔާ

    0 shares
    Share 0 Tweet 0
  • ބައިވެރިޔަކު އިޚްތިޔާރުކުރުމަކީ ”ޕާރސަނަލް“ ކަމެއް: ޒިޔާގެ އާޝިޤާ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In