މަސް ވެރިކަމަށް ގޮސް އުޅުނު އުމުރުން 25 އަހަރުގެ ޒުވާނަކަށް ޒަހަމްތަކެއް ލިބިއްޖެއެވެ.
ގދ. ތިނަދޫގެ 16 ނޯޓިކަލް މޭލު އިރުން 25 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ރޯޅި ނަމަކަށް ކިޔާ ދޯނީގައި ދަތުރުކުރި ޒުވާނާ ޒަހަމްވެފައިވަނީ ދޯނީގެ ބުރަފަތީގައި އޮޅުނު ވަލެއް ނެއްގުމަށްޓަކައި މޫދަށް ފައިބާ އުޅެނިކޮށް ކެޔޮޅަށް އޮޅިގެން ދޯނީގެ އިންޖީނު ގިޔަރަށް ލެވިގެން ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ހަމަކުރެއެވެ.
އެމްއެންޑީއެފްއަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 06:25 ހާއިރުއެވެ.
އެ ޒުވާނާ ބުރަފަތީގައި ޖެހި ފައިގެ ފަލަމަސްގަނޑު ޒަހަމްވެ އެމްއެންޑީއެފްގެ ސަދަން އޭރީއާ ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.