އައްޑޫ ސިޓީން ކޯވިޑް-19އަށް ފައްސިވި މީހަކާ ބައްދަލުވި މީހަކު ކޯވިޑައަށް ފައްސިވެއްޖެއެވެ. މި މީހާއަކީ ޑައިރެކްޓް ކޮންޓެކްޓްވެފައިވާ މިހެކެވެ.
ފޭދޫން އިއްޔެ ކޯވިޑް-19 އަށް ފައްސިވެފައި ވަނީ މި ބައްޔަށް ފައްސިވި އުމުރުން 27 އަހަރުގެ ދިވެހި ފިރިހެން މީހާއާ ބައްދަލުވި މީހެކެވެ. މި މީހާއަކީ އައްޑޫއިން ކޮންޓެކްޓްވެފައިވާ މީހަކު ކޯވިޑް-19އަށް ފައްސިވި ފުރަތަމަ ފަހަރުކަން ފަހަގަ ކޮށްލަމެވެ.
މި 2 މީހުންނަކީ އެއް ގެއެއްގައި ކަރަންޓީންތިބި ބައެކެވެ. މި މިހާއާއެކު ފޭދޫންއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު 3 ވެގެން ދާނެއެވެ.
މިހާތަނަށް ރާއްޖެ އިން ކޯވިޑް-19 އަށް ފައްސިވި އެމީހުންގެ ތެރޭގައި ހިމެނެނީ 4،135 ދިވެހިންނާއި 2،777 ބިދޭސީންނެވެ.