ކޯވިޑް 19 ގެ ސަބަބުން ރާއްޖެއަށް ގެނައުމަށް ނިންމި ވެންޓިލޭޓަރުތަށް ނުލިބޭނެ ކަމަށް އަދިވެސް ގަބޫލު ނުކުރާ ކަމަށާއި، އުއްމީދު ކުރަނީ އަވަސް މުސްތަގުބަލެއްގެ ތެރޭގައި ވެންޓިލޭޓަރުތަށް ލިބުން ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ދުބާއީގެ ”އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް“ ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެނައުމާއި ގުޅޭ މައްސަލާގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފު އެތަކެއް ކަމެއް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
މިމައްސަލައާއި ގުޅިގެން މިނިސްޓާރ އަމީން ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައެވެ. ކޮމިޓީގައި ވާހަކަ ފުޅު ދައްކަވަމުން މިނިސްޓާރ އަމީން ވިދާޅުވީ، ވެންޓިލޭޓަރުތައް ލިބުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަދިވެސް ބައެއް ވެންޓިލޭޓަރުތައް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ވެންޓިލޭޓަރުތައް ނުލިބޭނެ ކަމަށް އަދިވެސް ނުނިންމާ ކަމަށް އަމީން ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓާރ އަމީން ވިދާލުވީ އޮޑިޓު ރިޕޯޓު ނެރުމާއި ހަމައަށް ވެންޓިލޭޓަރުތައް ގެނައުމަށް މަސައްކަތްތައް ކުރެވިގެން ދިޔަ ކަމަށާއި އަދި މިހާރުވެސް މުއާމަލާތްތައް ކުރެވެމުން އަންނަ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެ ވެންޓިލޭޓަރުތައް ނާންނާނެ ކަމަށް ނިންމާފައި ނުވާނެ ކަމަށެވެ.
ހެލްތު މިނިސްޓްރީން ވަނީ މުޅި ޖުމްލަ 305،975 ޕީޕީއީ ގަތުމަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ. މި ފައިސާ ގަތުމަށް ހަވާލުކޮށްފައިވަނީ އެސްޓީއޯ ޕަބްލިކް ލިމިޓެޑަށެވެ. އަދި ތަކެތި ގަތުމަށް އެޑްވާންސްކޮށް ފައިސާ ވެސް ވަނީ ދައްކާފައެވެ. އެހެން ނަމަވެސް މިތަކެއްޗަށް ވީގޮތެއް ނޭނގޭ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކުރައްވާފައެވެ.