މޫސުމާއި ބެހޭ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގެ ރައްތަކަށެވެ. އަދި މިރޭގެ 19:30 ފެށިގެން 23:30 އަށް ރީނދޫ ސަމާލުގެ ދެމިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. މިދެސިޓީގެ ރައްތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުން ވެސް އެކަށީގެން ވާކަމަށާއި، ހުރިހާ ބޭފުޅުންވެސް މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ، މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވޭ. މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރިނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ.
މީހގެ އިތުރުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ހުޅަނގުއުތުރާއި އުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށައި އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާތީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން ވަކިން ހާއްސަކޮށް މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި، ދެކުނުގައި އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވުން އެކަށިގެންވާ ކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ލަފާކޮށް، މޫދާއި ކާރީ ގެތަކުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.