DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

މި ޒީރޯ ޓޮލެރެންސް ސިޔާސަތު ފެނި ހައިރާންވެއްޖެ – ޑރ. ޖަމީލް

މުހައްމަދު ރީޚާން ލިޔުނީ: މުހައްމަދު ރީޚާން
އޯގަސްޓް 26, 2020
ޚަބަރު
0
މި ޒީރޯ ޓޮލެރެންސް ސިޔާސަތު ފެނި ހައިރާންވެއްޖެ – ޑރ. ޖަމީލް

ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު

އަދިގެ ސަރުކާރުން ކޮރަޕްޝަނާއި ދެކޮޅަށް ގެންގުޅޭނެ ކަމަށް ވައުދުވި ޒީރޯ ޓޮލެރެންސް ސިޔާސަތު ފެނި ހައިރާން ވެއްޖެކަމަށް ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ADVERTISEMENT

އޮޑިޓާރ ޖެނެރަލްގެ އޮފީހުން މީގެ ދުވަސްކޮޅެއް ކުރިން ނެރުނު ރިޕޯޓުގައި ހެލްތު މިނިސްޓްރީއިން ކޯވިޑް 19 ގެ ބަލި މީހުނަށް ފަރުވާ ދިނުމަށް ގެނައުމަށް ނިންމި ވެންޓިލޭޓަރު ތަކުގެ މައްސަލާގައި، ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ ކޮރަޕްޝަންގެ އަމަލު ހިންގާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އެމައްސަލަ ފެންމަތިވުމުން ހެލްތު މިނިސްޓާރ އަބްދުﷲ އަމީން ވަނީ އަމިއްލަ ފުޅަށް މަގާމުގެ މައްސޫލިޔަތު އެކަހެރި ވެފައެވެ. ސަބަބަކީ އެމަނިކުފާނު ނުރަސްމީކޮށް އަމިއްލަ މަންފާ ހޯދުމަށް ޑަބްލިއުއެޗްއޯއާއި އެކު ސިއްރު އެއްބަސް ވުންތަކެއް ވިކަމަށް ރިޕޯޓޫގައި ތުހުމަތު ކުރެވުމުންނެވެ. އެހެން ނަމަވެސް މިއަދާއި ހަމަޔަށް ވެސް އެމައްސަލާގައި ޝާމިލުވާ އެއްވެސް ބޭފުޅަކު ހައްޔަރު ކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

މިކަމާއި ގުޅިގެން ޑރ. ޖަމީލް މިއަދު ކުރެއްވި ޓުއީޓެއްގައި ވިދާޅުވީ، 1 މިލިއަން ޑޮލަރުގެ ތުހުމަތު އަޅުވައިގެން އެހެން މީހުން ޖަލަށް ލެވޭ ކަމަށާއި، އެހެން ނަމަވެސް މިފަހަރު މިދަތި ދަނޑިވަޅުގައި އެތައް މިލިއަނެއްގެ ކޮރަޕްޝަން ހިންގި މީހުން އަދިވެސް ތިއްބެވީ މިނިވަން ކަންމަތީ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ކިތައްމެ ބަހަނާއެއް ދެއްކިނަމަވެސް ހެލްތު މިނިސްޓްރީއިން ހިންގީ ކޮރަޕްޝަންގެ ބިޔަ ބޮޑު އަމަލެއް ކަމަށްވަނީ އެމަނިކުފާނުގެ ޓުއީޓުގައި ފާހަގަ ކުރައްވާފައެވެ.  

މީގެ އިތުރުން އެމަނިކުފާނުގެ ޓުއީޓުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ރައްޔުތުންގެ މަޖިލީހުގެ އިތުރުން ތަހުގީގީ އިދާރާތަށްވެސް ވަނީ ކޮމްޕްރޮމައިޒް ވެފާ ކަމަށާއި، އަދި ހެލްތު ގެ މައްސަލާގައި ޖިނާއީ ތަހުގީގެއް ކުރާނަމަ ކަމުގައި ޝާމިލްވާ ފަރާތްތަކަށް ހެއްކަށް ނުފޫޒު ފޯރުވާ ހެކި ނައްތާލުމުގެ ފުރުސަތު ދިނީ ކީއްވެގެންތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި އެންމެ ބޮޑު ކަމަކަށް ފާހަގަވެގެން ދިޔައީ، ދުބާއީގެ ”އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް“ ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެނައުމުގައި މަކަރާއި ހީލާތް ހަދައި، މާލިއްޔަތު ގަވާއިދާ ހިލާފު އެތައް ކަމެއް ކޮށްފައިވުމެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަވެގެން ދިޔަ ހެލްތު މިނިސްޓްރީގެ ތެރޭގައި ހިނގި ކޮރަޕްޝަން ކަމަށް ބެލެވޭ އެ މައްސަލަތައް ތަހުގީޣު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ފުލުހުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އަންގަވައިފައެވެ.

ގުޅުންހުރި ލިޔުންތައް

ރ.ޔާމިނަށް ކުރި ޙުކުމް ބަލައިނުގަނެ، އިދިކޮޅު ކޯލިޝަނުން ސީދާ ހަރަކާތަށް ނިކުންނަން މަޝްވަރާ ފަށައިފި

ރ.ޔާމިނަށް ކުރި ޙުކުމް ބަލައިނުގަނެ، އިދިކޮޅު ކޯލިޝަނުން ސީދާ ހަރަކާތަށް ނިކުންނަން މަޝްވަރާ ފަށައިފި

ޖެނުއަރީ 23, 2021
ވެލިގަނޑު ރިސޯޓުގެ ކޮޓަރިއެއްގައި އަލިފާން ރޯވެއްޖެ

އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރާނަމަ 10 ދުވަހަށް ކަރަންޓީނުވާންޖެހޭ ގޮތަށް ނިންމައިފި

ޖެނުއަރީ 23, 2021
ބޮޑު ޚިޔާނާތުގެ ތަޙްޤީޤު ވަކިގޮތަކަށް އަނބުރައިލުމަށް މަސައްކަތްކުރިކަމަށް ތުހުމަތުކުރެވޭ އާޒިމްގެ ޝަރީޢަތް މާދަމާ

ބޮޑު ޚިޔާނާތުގެ ތަޙްޤީޤު ވަކިގޮތަކަށް އަނބުރައިލުމަށް މަސައްކަތްކުރިކަމަށް ތުހުމަތުކުރެވޭ އާޒިމްގެ ޝަރީޢަތް މާދަމާ

ޖެނުއަރީ 23, 2021
އެމްޓީސީސީން ތާ އާއި، ލާމާއި ދެމެދު ފަށާފައިވާ ލޯންޗު ފެރީގެ ދަތުރުތަކުގެ ގަޑިތަކަށް ބަދަލުގެނެސްފި

އެމްޓީސީސީން ތާ އާއި، ލާމާއި ދެމެދު ފަށާފައިވާ ލޯންޗު ފެރީގެ ދަތުރުތަކުގެ ގަޑިތަކަށް ބަދަލުގެނެސްފި

ޖެނުއަރީ 23, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    0 shares
    Share 0 Tweet 0
  • މައްކާގެ ޙަރަމްފުޅުގައި ކޮތަރެއް ސަޖިދަޖަހަނީ

    0 shares
    Share 0 Tweet 0
  • ރައީސް މައުމޫން މިރޭ ކުރެއްވި ސުވާލަކާއެކު އެތަކެއް ޖަވާބުތަކެއް!

    0 shares
    Share 0 Tweet 0
  • ހައްވައްތަގެ ހާލަތާމެދު ޑރ.މުޢިއްޒު ހިތާމަކުރައްވައިފި، ތިޔަ ދެއްވީ ކޮންފަދަ ބޮޑު އަނިޔާއެއްތޯ!

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In