އެމެރިކާގެ ކެނޯޝާ ސިޓީގައި ކުރިއަށްދާ މުޒާހަރާ ތަކުގައި ހިނގި ހަމަ ނުޖެހުމެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
ހަމަނުޖެހި، މުޒާހަރާ ހޫނުވެފައިވަނީ މަގުތައް މަތީގައި އެތައް ހާސް ބަޔަކު އިހްތިޖާޖު ކުރަނިކޮށެވެ. ޖޭކޮބް ބްލޭކް ނަމަކަށް ކިޔާ ކަޅު ނަސްލުގެ މީހެއް ގަޔަށް ދޮން ނަސްލުގެ ޕޮލިސް އޮފިސަރެއް 7 ފަހަރު ބަޑިޖަހައި މަރާލުމުގެ ސަބަބިން ކެނޯޝާ ސިޓީގައި ސިލްސިލާކޮށް ދަނީ ބޮޑެތި މުޒާހަރާތަކެއް ކުރަމުންނެވެ.
ކަޅު ނަސްލުގެ މީހުންގެ ދިފާޢުގައި ގިނަ އެހެނިހެން ސިޓީ ތަކުގައިވެސް މަޑުމަޑުން ދަނީ މުޒާހަރާ ކުރަމުންނެވެ. ނިޔު ޔޯކް ފަދަ ބޮޑެތި ސިޓީތަކުގައި މީހުން ދަނީ މިކަމާ ނުުރުހުންފާޅު ކުރުމަށް އެއްވަމުންނެވެ.
ކެނޯޝާގެ ޕޮލިހުން ބުނާ ގޮތުގައި، އެ ސިޓީގެ މި މުޒާހަރާ ތަކުގައި ބަޑި ޖެހުމުގެ ހާދިސާތަކެއް ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތުވަނީ ލިބިފައެވެ.
އަދި މި ބަޑި ޖެހުމުގެ ހާދިސާތަކުގައި ދެ މީހަކު ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް އެ ޑިޕާޓްމެންޓްއިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.