އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ލޯނުތައް ދައްކަންޖެހޭ މުއްދަތު އިތުރުކުރުމަށް މަޝްވަރާކުރަމުންދާ ކަމަށް އެ ބޭންކުގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވެއްޖެއެވެ.
އެ ބޭންކުގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޒީނާދުވަނީ މި ލޯނުތަކުގެ މުއްދަތު އިތުރުކުރުމަށް މަޝްވަރާކުރާކަން ކަށަވަރުކޮށްދެއްވާފައެވެ. ކޮވިޑް-19ގެ ސަބަބުން ލޯނުތައް ދެއްކުމުގެ މުއްދަތުވަނީ 6 މަސް ދުވަހަށް ކުރިން ގްރޭސް ޕީރިއަޑުގެ ގޮތުގައި ދީފައެވެ.
ނަމަވެސް، އަދިވެސް ރާއްޖޭގެ ޙާލަތު ރުޖޫޢަ ނުވާތީ، މި މުއްދަތު އިތުރު ކޮށްދެއްވުމަށް މަޝްވާރާކުރަނީ ކަމަށް ޒީނާދުވަނީ ވިދާޅުވެފައެވެ.
އަންނަ މަހަށް 6 މަހުގެ މުއްދަތު ހަމަވާއިރު، އިތުރު ކުރާ ވަގުތު ހަމަ އެކަނި ލިބޭނީ އެ ކުންފުނިން ލޯނު ނަގާފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.