ލޮކްޑައުން އާއެކު ދިރުއުޅުމުގެ ވައްޓަފާޅި އަށް ވަނީ ބަދަލު ތަކެއް އައިސްފައެވެ. ގޭގައި ބަންދުވެ ތިބުގެ ސަބަބުން ކެވޭ މިންވަރު އިތުރުވެ، އިންތިހާ އަށް ބަރުދަން މަތިވަމުން ދާ ޝަކުވާ އަކީ މިއަދު އެންމެން ވެސް ކުރާ ޝަކުވާއެވެ. ހާސްނުވާށެވެ. ބަރުދަން އިތުރު ނުވެ“މިޑްނައިޓް ކްރޭވިންގސް“ އަށް ހައްލެއް ލިބޭނެ ގޮތް މިއޮތީއެވެ.
ދޮންކެޔޮ

ދޮންކެޔަލަކީ ރޭގަނޑު ދިމާވާ ބަނޑުހައި ހޫނުކަން ނައްތާލުމަށްޓަކައި ބޭނުން ކުރެވިދާނޭ ވަރަށްވެސް ފައިދާ ހުރި މޭވާއެކެވެ. ދޮންކެޔޮލަކީ ހަށިގަނޑަށް ފައިދާ ހުރި މޭވާއެއްގެ އިތުރުން ބަރުދަން ލުއި ކުރުމަށް ބޮޑު ރޯލެއް އަދާކުރާ އެއްޗެކެވެ. މިއާއެކު ފަސޭހަ ކަމާއެކު އަވަހަށް ހަޖަމް ކުރުމަށްވެސް ދޮންކެޔޮ އެހީވެދެއެވެ.
ކިއުކަމްބާ

ކިއުކަންބާ އަކީ ބަރުދަން ލުއި ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެންވެސް ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. އަދި ހަށިގަނޑު ހައިޑްރޭޓް ކުރުމަގި ކިއުކަންބާ ބޮޑު ރޯލެއް އަދާ ކުރެއެވެ. އެގޮތުން މިޑްނައިޓް ސްނެކެއްގެ ގޮތުގައި ކިއުކަމްބާ ހަމަ ”ޕާފެކްޓް“ އެވެ.
ޔޯގަޓް

ޔޯގަޓަކީ ހަޖަމްކުރުމުގެ ނިޒާމަށް ވަރަށްވެސް ރަނގަޅު އެއްޗެކެވެ. އެހެންކަމުން ރޭގަނޑު ގެ ބަނޑުހައި ހޫނު ކަން ފިލުވާލުމަށް ފިލްމެއް ބަލާލަމުން ޔޯގަޓް ތައްޓެއް ކާލާށެވެ. ބަނޑުހައި ހޫނުކަން ފިލައި ދިއުމުގެ އިތުރުން ބަރުދަން ހިފަހައްޓައިދީ ހަށިގަނޑަށް ފައިދާ ވާނެއެވެ.
އަލްމަންޑްސް

އަލްމަންޑަކީ ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ، ރޭގަނޑު ގަޑީގައި ބަރުދަން ލުއިކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ. އެހެން ކަމުން މި ދިމާވާ ”ކްރޭވިނގްސް“ އަށް ހައްލެއް ގެނެއުމަށް އަލްމަންޑް އެއީ ބޭނުން ކުރެވިދާނޭ ސްނެކް އެކެވެ.