ހޮލީވުޑްގެ މަޝްހޫރު ލޯބީގެ ޖޯޑެއް ކަމަށްވާ ކެޓީ ޕެރީ އަދި އޯލެންޑޯ ބްލޫމް، އެމީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔައި، ދަރިފުޅުގެ ނަން މީޑިއާ ތަކާ ހިއްސާކޮށްފިއެވެ.
އެގޮތުން ޔުނިސެފް އަށް ދިން ސްޓޭޓްމެންޓެއްގައި އެ ދެތަރިން ވަރަށް އުފަލާއެކު ބުނެފައިވަނީ އެމީހުންނަށް ލިބިފައިވަނީ އަންހެން ކުއްޖެއްކަމަށާއި އަދި ދަރިފުޅުގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެ ބައިވެރިންގެ އަލަތު ދަރިފުޅަށް ”ޑޭޒީ ޑޯވް ބްލޫމް“ ގެ ނަމުން ނަންދީފައިވާ ކަން ވަނީ ހާމަ ކޮށްފައެވެ.
މި ވަގުތު ކެޓީ ޕެރީގެ ފޭނުން ތިބީ ޑޭޒީ ބަލާލުމަށް ކެތްމަދުވެފައެވެ. ނަމަވެސް އަދި ދަރިފުޅުގެ އެއްވެސް ފޮޓޯ އެއް އެ ދެތަރިންވެސް މީޑިއާގައި ހިއްސާ ކޮށްފައެއް ނުވެއެވެ.