ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ކޮވިޑް 19 އަށް ނައްސި ވެފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އެގޮތުން ޓްވީޓް ގައި މިވާހަކަ ހިއްސާ ކުރަމުން ބުނެފައިވަނީ މިވަގުތު ކޮވިޑް 19 އާ ހަނގުރާމަ ކުރަމުންދާ އޭނާގެ ބައްޕާފުޅު، ރައީސް މައުމޫނަށާއި މި ބައްޔަށް މިވަގުތު ފަރުވާ ހޯދަމުންދާ އެންމެނަށް އަވަސް ޝިފާ އެއް ދެއްވުން އެދި ދުޢާ ކުރާކަމަށެވެ. އަދި ދިވެހި ޑޮކްޓަރުންނާއި ނަރުހުންގެ އިހްލާސްތެރި ޚިދުމަތް ގާތުން ދެކެމުން ހިފެހެއްޓުމެއްނެތި ހިތުގެ ލޯތްބާއި ޝުކުރު ދަންނަވާކަން މި ޓްވީޓް ގައި ފާހަގަ ކޮށްފައިވެއެވެ.
ރައީސް މައުމޫނުގެ އެއްވެސް ޑައިރެކްޓު ކޮންޓެކްޓް އެއް އަދި މިބައްޔަށް ފައްސިވެފައިވާ ކަން ފާހަގަ ވެފައި ނުވާ އިރު، ރައީސް މައުމޫނު ކޮވިޑަށް ފައްސި ވެފައި ވަނީ އިއްޔެރޭގެ ވަގުތެއްގައެވެ.
ޣައްސާން ކޮވިޑް-19 އަށް ނައްސިވި ނަމަވެސް 14 ދުވަސް ވަންދެން ކަރަންޓީންގައި ހުންނަން ޖެހިވަޑައިގަންނަވާނެއެވެ.