އެޗްޕީއޭއިން ދެންމެ ހާމަކުރި ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތުގައި ބުނެފައިވަނީ ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 104 ކަމަށެވެ.
ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވުވި 104 މީހުންގެ ތެރޭގައި ހިމެނެނީ 76 ދިވެހިންނާ، 22 ބަންގުލަދޭޝް މީހުންނާއި، އިންޑިޔާ05 މީހަކާއި ނޭޕާލް މީހެކެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް މިހާތަނަށް 108،099 ސާމްޕަލް ނަގާފައިވާއިރު، އައިސޮލޭޝަން ފެސިލިޓީގައި 1434 ފަރާތެއް ހޮސްޕިޓަލްގައި އެޑްމިޓް ކޮއްފައިވަނީ 180 ފަރާތެއް އަދި ކަރަންޓީނު ފެސިލިޓީގައި އެއްވެސް ފަރާތެއް ނުވާކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.
އަދި މިބަލީގައި ރާއްޖެއިން 28 މީހަކު ވަނީ މަރުވެފައެވެ.