ކޮވިޑް-19 ގެ ސަބަބުން ހޯމް އައިސޮލޭޝަންގައި ތިބެ، ކުދި ކުދި ފަރުވާ ހޯދަންޖެހޭ ބަލި މީހުންނަށް ފަރުވާ ދޭ ތަނެއްގެ ގޮތުގައި ތާޖުއްދީން ސްކޫލުގެ ހޯލު ހަމަޖައްސައިފިއެވެ.
އެސްޓީއޯއިން ފަށާފައިވާ މި މަސައްކަތުގައި، މި ހޯލުގައި 19 އެނދު ހުންނާނެއެވެ. އަދި މިހާރު ހުރިހާ އެނދުތަކެއްވަނީ ރާވާ ނިންމާފައެވެ. އަދި މި ބައްޔަށް ފަރުވާ ބޭނުންވާ މީހުން މި ސްކޫލަށް ގެނެސް، ފަރުވާ ދިނުމުގެ ކަންކަން ވަރަށް އަވަހަށް ފެށިގެންދާނެކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.
ސްކޫލެއް، ކޮވިޑް-19 ގެ ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް މިއީ ކަނޑައެޅި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ފުރަބަންދުގެ ދުވަސްތަކުގައި، ޙާލުގައި ޖެހިފައިވާ ޢާއިލާ ތަކާއި، ތޮަށްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުން އައިސްފައިވާ ބިދޭސީންވަނީ ސްކޫލުތަކުގައި ބައިތިއްބާފައެވެ.
މި ފެސިލިޓީ ބޭނުން ކުރާނީ މާލެ ސަރައްޙައްދުގައި، ކޮވިޑް-19 ޖެހި ހޯމް އައިސޮލޭޝަންގައި ތިބެ، ކުދި ކުދި ފަރުވާ ބޭނުންވާ މީހުންނަށް އެކަންޏެވެ.