އެޗްޕީއޭއިން ދެންމެ ހާމަކުރި ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތުގައި ބުނެފައިވަނީ ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އަށް ރަގަނޅުވި މީހުންގެ އަދަދަކީ 182 ކަމަށެވެ.
ރަނގަޅުވެފައިވަނީ 182 މީހުން ކަމަށާއި މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 4873 މީހުން ރަނގަޅު ވެފައިވާ ކަމަށެވެ. 7،469 މީހަކަށް ވަނީ މިބަލި ޖެހިފައެވެ.
ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވުވި 140 މީހުންގެ ތެރޭގައި ހިމެނެނީ 114 ދިވެހިންނާ، 17 ބަންގުލަދޭޝް މީހުންނާއި، އިންޑިޔާ03 މީހަކާއި ނޭޕާލް ދެމީހަކާއި ޔޫއޭައީ ދެމީހަކާއި ކެންޔާ މީހަކާއި ފުރާންސް މީހެކެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް މިހާތަނަށް 109،120 ސާމްޕަލް ނަގާފައިވާއިރު، އައިސޮލޭޝަން ފެސިލިޓީގައި 1426 ފަރާތެއް ހޮސްޕިޓަލްގައި އެޑްމިޓް ކޮއްފައިވަނީ 192 ފަރާތެއް އަދި ކަރަންޓީނު ފެސިލިޓީގައި އެއްވެސް ފަރާތެއް ނުވާކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.
އަދި މިބަލީގައި ރާއްޖެއިން 28 މީހަކު ވަނީ މަރުވެފައެވެ.