ހެންވޭރުގައި އަލިފާން ރޯވި ސަރަހައްދުގައި ތިބި ކޯވިޑަށް ޕޮޒިޓިވް މީހުންނާއި ކޮންޓެކްޓްވި މީހުގެ އިތުރުން ހޯމް ކަރަންޓީނުގައި ތިބި މީހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެންގުމަށް އިލްތިމާސްކޮށްފިއެވެ.
ފުރަތަމަ ރޯވީ ޓީއޯލޯ ކެފޭއަކީ މީގެ ކުރިން ޖަލަޕީނޯ ކެފޭ ހިންގި އިމާރާތެވެ. އޭގެ ފަހުން އެ އިމާރާތާ ޖެހިގެން ހުރި 10 ބުރީގެ އިމާރާތް އެސްބީއައި އިމާރާތުގައި އަލިފާން ރޯ ވެފައިވެއެވެ. އެ ސަރަހައްދުގައި ހިމެނޭ ހުރިހާ ގެތަކުގައި ދިރިއުޅޭ މީހުން އެންމެންޑީއެފްއިން ވަނީ ހުސްކޮށްފައެވެ. އެސްބީއައިގެ އިމާރާތުގައި ފުރަތަމަ އަލިފާން ހިފާފައި ވަނީ އެ އިމާރާތުގެ އެންމެ މަތީގައެވެ. އޭގެ ސަބަބެއް ކަމަށް ބެލެވެނީ އެ އިމާރާތުގެ ބޭރުގައި ޖަހާފައި ހުރި ދަގަނޑު އެއްޗެހީގެ ސަބަބުންނެވެ.
އެޗްޕީއޭއިން އިލްތިމާސް ކުރީ އަލިފާން ރޯވި ސަރަހައްދުގައި އުޅޭ ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނާއި އަދި ކޯވިޑަށް ޕޮޒިޓިވްވި މިހަކާ ބައްދަލުވެ ހޯމް ކަރަންޓީނުގައި ތިބި މީހުން 1676 އަށް ގުޅުމަށް އެދޭ ކަމަށެވެ.
ދުމުގެ އަސަރު ކުރާ ހިސާބަށް ނުދިޔުމަށާއި ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ހުރި ގެތަކަށް ދުން ނުވަންނާނޭ ގޮތަށް ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
އެ ސަރަހައްދަށް ވަރަށް ގިނަ އަދަދެއްގެ އާންމުން އެއްވެފައިވާ ކަމަށް އެ ސަރަހައްދުގައި މިވަގުތު ހަރަކާތްތެރިވަމުން އަންނަ ނޫސްވެރީން ހަމަކުރެއެވެ.
ކޯވީޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މާލޭ ސަރަހައްދުގައި ރޭގަނޑު 10:00 އިން ފަތިހު 05:00 އަށް ބޭރުގައި އުޅުމަކީ މަނާކަމެއް ކަމުގައި އަންގާފައިވާތީ ކަމާ ނުގުޅޭ މީހުން އެސަރަހައްދަށް ނުދިއުމަށް ދިޑެއިލީ ޓީމުން އިލްތިމާސް ކުރަމެވެ.
ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ފުރަތަމަ ރޯވެފައިވަނީ ދެބުރިއަށް ނަގާފައި ހުރި ޓީއޯލޯ ކެފޭ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ.