ބޮލީވުޑް ގެ ކުޅަދާނަ ފިލްމީ ތަރި ސުޝާންތުގެ މަރާއެކު އޭނާގެ ބައިވެރިއާ ރިއާ އަށް އެތަކެއް ތުހުމަތު ތަކެއްދަނީ ކުރެވެމުންނެވެ. އަދި ސުޝާންތުގެ ބައްޕަ ރިއާ އާ ދެކޮޅަށް މައްސަލަ ހުށައަޅާފައި ވާއިރު، ރިއާ އޭނާގެ އަމިއްލަ ދިފާއުގައި ދަނީ ވާހަކަ ދައްކަމުންނެވެ.
އެގޮތުން އިންޑިއާ ޓުޑޭ އިން ރިއާގެ އިންޓަވިއުއެއް ދާދި ފަހުން ގެނެސްދީފައިވާއިރު އެ ނޫހުން ކޮށްފައިވާ ސުވާލުތަކަށް ރިއާ ވަނީ ޖަވާބުދީފައެވެ. މިއާއެކު ރިއާ، ސުޝާންތު މޯޗަރީ ގައި އޮށްވައި އޭނާ އަށް ޒިޔާރަތްކުރި ކަމަށާއި، އަދި ސުޝާންތުގެ މޭމަތީގައި ބޯ އަޅާލައިގެން އޮވެ ”ސޮރީ ބާބޫ“ އަހަރެންނަށް މާފް ކުރާށޭ ބުނިކަމަށް އެ މަންޒަރު ދުއް އެތަނުގެ މުވައްޒަފެއް ކަމުގައިވާ ސުރިޖީތް ސިންގް ބުނެފައިވާއިރު އެއީ ކިހާ ހަގީގަތެއް ހުރި ވާހަކަ އެއްތޯ ރިއާއާ ސުވާލުކުރެވުނެވެ. މި ސުވާލުގެ ރައްދުގައި ރިއާ ބުނެފައިވަނީ އެހާލަތުގައި މާފަށް އެދުން ނޫން އިތުރަށް ބުނާނެ އެއްޗެއް ވަކި ނޯންނާނެކަމެށެވެ. މީގެ އިތުރުން ސުޝާންތު މި ދުނިޔައާއި އަލްވަދާޢު ކިޔާފައިވާތީ އެކަމަށާއި، އަދި ސުޝާންތުގެ މަރު ޖޯކަކަށް މީހުން ހަދާފައިވާތީ އެކަމަށާއި، އަދި ސުޝާންތުގެ އެންމެ ފަހު ހަނދާނަކީ އޭނާގެ ހުނަރުވެރި މަސައްކަތާއި، ވިސްނުންތެރި ކަމާއި، ދީލަތިކަން ކަމުގެ ބަދަލުގައި ބޮޑު ފިތުނަ ވެރިކަމެއް އުފެދިފައިވާ ވާ ކަމެއްކަމުން އޭނާ މާފަށް އެދުނީ އެކަންކަމަށް ކަން ބަތަލާ ފާހަގަ ކުރިއެވެ.
މީގެ އިތުރުން ރިއާ ޖަނާޒާގައި ބައިވެރި ނުވީ ކީއްވެތޯ ސުވާލު ކުރުމުން ޖަވާބެއްގެ ގޮތުގައި ބުނީ ސުޝާންތުގެ އާއިލާ އޭނާ އަށް ޖަނާޒާ އަށް ދައުވަތު ދީފައިނުވާ ކަމަށާއި، އެހެންކަމުން ފިލްމީ ދާއިރާގެ ރަހްމަތް ތެރިން ނަސޭހަތް ތެރިވީ ޖަނާޒާ އަށް ނުދިއުމަށް ކަމަށެވެ. ސަބަބަކީ ރިއާ ގޮސްފިނަމަ ސުޝާންތުގެ އާއިލާ އޭނާ އެހަފްލާގައި ބައިވެރި ވުމަށް ބޭނުންނުވާނެ ކަމަށާއި، އޭނާ އެންމެންގެ ތެރޭގައި ބަދުނާމުވެ އެކަން ބޮޑު ކުޅިގަނޑަކަށް ބަދަލު ވެގެންދިއުން އެކަށީގެންވާކަމަށެވެ.