ކ.އަތޮޅުން ފަށައިގެން އައްޑޫ ސިޓީ ގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާފާނެކަމަށް ލަފާކުރެވޭ ކަމަށާއި މިހާރު އެކަމާއި ގުޅިގެން ހުދު އެލާރޓް ނެރިފައިވާކަމަށް މޫސުމާއި ބެހޭ އިދާރާއިން ހާމަކުރެއެވެ.
މެޓް އޮފީހުން ވިދާޅުވީ ކ.އަތޮޅުން ފަށައިގެން އައްޑޫ ސިޓީ ގެ ރަށްތަކަށް މިއަދު ހެދުނު 10:10 އިން މެންދުރު 15:00 ދޭތެރޭ އުދަ އަރާފާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ދިޔަވަރު ބޮޑުވާ ވަގުތު ބައެއް ސަރަހައްދުތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.