އއ.ތޮއްޑޫ އިން ހާއްސަ އެހީ އަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާ ކޮށްގެން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ،43 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.
އިއްޔެ މި މައްސަލަ ފުލުހަށް ހުށައަޅާފައިވާ އިރު މީޑިއާތަކާ ހަވާލާދީ ފުލުހުން ވިދާޅުވެފައި ވަނީ، އެމީހާ ޖިންސީ ގޯނާ ކޮށްފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ކަމަށެވެ.
މިއާއެކު ފުލުހުން ވިދާޅުވީ، އެ މައްސަލަ އާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެމީހާ މިއަދު ހައްޔަރު ކޮށްފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.