އުތުރު ޗައިނާގެ އަވަށެއްގައި ރެސްޓޯރެންޓްއެއް ވެއްޓި 29 މީހުން މަރުވެއްޖެއެވެ.
މީޑީޔާ ރިޕޯޓުތައް ބުނާ ގޮތުގައި، ވެއްޓިފައިވާ ރެސްޓޯރެންޓުގެ ދަށުވެފައިވާ އެތައް މީހަކު މީހުން ސަލާމަތްކުރާ ފަރާތްތަކުން ވަނީ ސަލާމަތް ކޮށްފައެވެ. އަދި ބެލެވޭ ގޮތުގައި، އެތައް މީހުންނެއް އެތަނުގެ އަޑީގައި ތާށިވެފައިވާނެއެވެ.
ދެ ބުރިއަށް ނަގާފައިވާ މި ރެސްޓޯރެންޓްއަކީ ޝިއާންފެން ކައުންޓީގެ ޝަންޒީ ޕްރޮވިންސްގައި ހުރި ރެސްޓޯރެންޓްއެކެވެ. ޝިންހުއާގެ އޭޖެންސީތަކުން މަޢުލޫމާތު ދޭ ގޮތުގައި، 42 މީހަކު އެ ސަރަހައްދުން ސަލާމަތްކޮށްފައިވާއިރު، 29 މީހަކު ވަނީ މަރުވެފައެވެ.
މީހުން ސަލާމަތް ކުރުމުގައި 700 މީހުން ހަރަކާތްތެރިވަމުންދާ އިރު، ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ބިލްޑިންގގެ އެއް ފާރު އަދިވެސް ނުވެއްޓި ސަލާމަތުން އެބަ ހުއްޓެވެ.
މި ރެސްޓޯރެންޓް ވެއްޓެން ދިމާވި ސަބަބެއް އަދި އެނގިފައިނުވާއިރު، ޗައިނާގައި މިގޮތަށް ތަންތަން ވެއްޓުމަކީ އާންމު ކަމެކެވެ.