މިއަދު މާލޭގައި އަލިފާން ރޯވެފައިވަނީ ޖަނަވަރީ މަގާއި މަޖީދީމަގާ ގުޅޭ ކަންމަތީގައި ހުންނަ ވެސްޓަޔާ ނަމަކަށް ކިޔާ ފިހާރާގައެވެ. އެ ފިހާރައިގައި އަލިފާން ރޯވީ މެންދުރު 1:15 ހާއިރެވެ.
އަލިފާން ރޯވިތާ މާގިނައިރުތަކެއް ނުވެ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ވަނީ އަލިފާންގަނޑު ނިއްވާލައިފަ އެވެ.
މިއަދު މެންދުރު 01:30 ހާއިރު އަލިފާން ނިއްވާލާފައިވާ ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. ފިހާރާގައި ރޯވީ އޭސީ އިންޑޯގައި އަލިފާން ރޯވެގެން ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ހަމަކުރެއެވެ.
މިއަދު މާލޭގެ ފިހާރާއެއްގައި އަލިފާނުގެ ހާދިސާ ހިނގާފައި ވާއިރު މިދިޔަ ހުކުރު ދުވަހު ކެފޭ ޓިއޯލޯގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފަވެއެވެ. އަދި ކެފޭއާއި ޖެހިގެން ހުރި ގަދަގޭ މުހައްމަދުފުޅު ބިލްޑިންގްގެ 10 ވަނަ ބުރިއާ ހަމައަށް އަލިފާން ފޯރައި އެ ތަނުގައި އެހެން ފްލޯތަކަށް ވެސް އަލިފާންގަނޑު ވަދެ ބޮޑެތި ގެއްލުންތައް ލިބިފައިވެ.




