އެޗްޕީއޭއިން ދެންމެ ހާމަކުރި ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތުގައި ބުނެފައިވަނީ ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އަށް ރަގަނޅުވި މީހުންގެ އަދަދަކީ 111 ކަމަށެވެ.
ރަނގަޅުވެފައިވަނީ 111 މީހުން ކަމަށާއި މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 5036 މީހުން ރަނގަޅު ވެފައިވާ ކަމަށެވެ. 7،667 މީހަކަށް ވަނީ މިބަލި ޖެހިފައެވެ.
ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވުވި 89 މީހުންގެ ތެރޭގައި ހިމެނެނީ 63 ދިވެހިންނާ، 20 ބަންގުލަދޭޝް މީހުންނާއި، އިންޑިޔާ05 މީހަކާއި ސްރިލަންކާގެ މީހެކެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް މިހާތަނަށް 111،738 ސާމްޕަލް ނަގާފައިވާއިރު، އައިސޮލޭޝަން ފެސިލިޓީގައި 1486 ފަރާތެއް ހޮސްޕިޓަލްގައި އެޑްމިޓް ކޮއްފައިވަނީ 181 ފަރާތެއް އަދި ކަރަންޓީނު ފެސިލިޓީގައި އެއްވެސް ފަރާތެއް ނުވާކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.
އަދި މިބަލީގައި ރާއްޖެއިން 28 މީހަކު ވަނީ މަރުވެފައެވެ.