އަންގާރަ, މާރޗް 9, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ބޮލުން އިސްތަށި ފޭބުން

މުހައްމަދު ރީޚާން ލިޔުނީ: މުހައްމަދު ރީޚާން
އޯގަސްޓް 31, 2020
ތަފާތް
0
ބޮލުން އިސްތަށި ފޭބުން

ބޮލުން އިސްތަށި ފޭބުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ އުދަގުލެކެވެ. ބައެއް ފަހަރު މިއީ އާއިލީ ނުވަތަ ވިރާސީ ކަމަކަށް ވެއެވެ. އަނެއް ބައި ފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ސަބަބުން އިސްތަށި ފައިބާގޮތް ވެއެވެ. އަދި ތިމާ ދިރިއުޅޭ މާހައުލުގައި ހުންނަ ކަމެއްގެ ސަބަބުން ވެސް ބޮލުން އިސްތަށި ފައިބާގޮތް ވެދާނެއެވެ. އަދި އެހެން ވަރަށް ގިނަ ބަލިތަކުގެ ސަބަބުން ވެސް އިސްތަށި ފައިބާގޮތް ވެއެވެ.

ADVERTISEMENT

ބައެއް ކަހަލަ އިންފެކްޝަން އަށް ހުށަހެޅުމުގެ ސަބަބުން ވެސް ބޮލުން އިސްތަށި ފޭބުން މެދުވެރި ކުރުވައެވެ. ބޮލުން އިސްތަށި ފޭބުން މެދުވެރިކުރުވާ ބައެއް ޢާންމު އިންފެކްޝަން ތަކުގެ ތެރޭގައި އަންނަނިވި ބަލިތައް ހިމެނެއެވެ.

  • ދަދު ނުވަތަ ރިންގްވާރމް އަކީ ފަންގަސް ގެ ސަބަބުން ހަންގަނޑަށްޖެހޭ ބައްޔެކެވެ. ހަށިގަނޑުގެ ކޮންމެ ހިސާބަކަށް ވެސް މިބަލި ޖެހިދާނެއެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއިން ބޮލުގެ ނާށިގަނޑުގެ ހަންގަނޑުގައި މިބަލި އަށަގަނެއްޖެނަމަ ޕެޗެއްގެ ސިފަޔަށް ބޮލުން އިސްތަށި ފޭބުން މެދުވެރި ކުރުވައެވެ. މިބަލީގެ ސަބަބުން ފަންގަސްގެ އަސަރު ކޮށްފައިވާ ހިސާބުތަކުގެ އިސްތަށިތައް ދެރަވެ، ބިނދި ބުރިބުރިވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން އިސްތަށިތައް ފައިބައި އެހިސާބު ތަލަވާގޮތް ވެއެވެ. ދަދު އަކީ ގައިން ގަޔަށް އަރާ ހަމުގެ ބައްޔެކެވެ. ބައެއް ފަހަރު ގެންގުޅޭ ބުޅާ ފަދަ ޖަނަވާރެއްގެ ކިބައިންވެސް އިންސާނުންގެ ގަޔަށް ދަދު ޖައްސާ ފަންގަސް ވާޞިލްވެދާނެއެވެ. ދަދު ޖެހިފައިވާ މީހަކާއި ސަލާމަތުން ހުރި މީހެއްގެ ހަންގަނޑު ހުރަހަކާ ނުލާ ބީހެއްޖެނަމަ ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ދަދު ޖައްސާ ފންގަސް ވާޞިލްވުމަކީ ވެދާނެ ގޮތެކެވެ. މީގެ އިތުރުން ދަދުޖެހިފައިވާ މީހާ ބޭނުންކުރާ ބުރުސް، ތުވާލި، ފުނާ، އަންނައުނު ފަދަ ތަކެތިން ވެސް ސަލާމަތުން ހުރި މީހާގެ ގަޔަށް ބަލި އަރައި ފާނެއެވެ. ތަފާތު އެތައް ވައްތަރެއްގެ ފަންގަސް ގެ ސަބަބުން ދަދު ޖެހޭގޮތް ވެއެވެ. އެހެންކަމުން ދަދު އަށް ދެވޭ ފަރުވާ ބިނާވެފައި އޮންނަނީ ދަދު ޖެހެން މެދުވެރިވި ފަންގަސް އަކާއި ގުޅޭގޮތުންނެވެ. އާންމު ގޮތެއްގައި ބޭނުންކުރެވެނީ ފަންގަސް އާއި ދެކޮޅަށް އުފައްދާފައި ހުންނަ ބޭސްތަކެވެ.
  • އިސްތަށީގެ ބުޑު ދުޅަވުން އަކީ ބެކްޓީރިޔާ އެއްގެ ސަބަބުން ޖެހޭ އިންފެކްޝަން އެކެވެ. އިސްތަށީގެ ބުޑު ދުޅަވެ ރަގަޅުނުވެ، ގިނަ ދުވަސް ވެއްޖެނަމަ، ބައެއް ފަހަރު އިންފެކްޝަން ޖެހިފައިވާ ހިސާބުގައި ހުރި އިސްތަށިތައް ފައިބާގޮތް ވެދާނެއެވެ. އެންމެ އާންމު ގޮތެއްގައި އިސްތަށީގެ ބުޑު ދުޅަވުން ކުރިމަތިވަނީ ސްޓެފައިލޯކޮކަސް ޔޫރިއަސް ކިޔާ ޖަރާސީމެއްގެ ސަބަބުންނެވެ. އަދި ބައެއް އެހެން ބެކްޓީރިޔާ ތަކުގެ ސަބަބުން ވެސް މިބަލި ޖެހިދާނެއެވެ. އާދައިގެ ވަރަކަށް އިސްތަށީގެ ބުޑު ދުޅަވުން ކުރިމަތިވުމުން އުގުޅާ ބޭހުގެ ގޮތުގައި އެންޓިބަޔޮޓިކް ބޭނުންކުރެވެއެވެ. ނުރައްކާތެރި ހާލަތުގައި ގުޅަ ބޭހުގެ ގޮތުގައި އެންޓިބަޔޮޓިކް ބޭނުން ކުރެވެއެވެ.
  • ޕީޑްރާ ގެ މާނައަކީ އިސްތަށީގެ ފައިބަރު ފަންގަސް އާއި ތަޣައްޔަރުވެ، އޭގައި ހަރުގޮށެއް ކަހަލަ އެއްޗެއް އުފެދުމެވެ. ޕީޑްރާ އަކީ ސްޕޭން ބަހުން ހިލަ އަށް ކިޔާ ނަމެކެވެ. ޕީޑްރާ ގެ ދެވައްތަރެއް ހުރެއެވެ. އެއީ ޕީޑްރައާ ހޯޓީ ކިޔާ ވައްތަރަކުން ޖެހޭ ކަޅު ޕީޑްރާ، އަދި ޓްރައިކޮސްޕޯރޯން ބީޖެލީ ކިޔާ ފަންގަސް އަކުން ހުދު ޕީޑްރާ އެވެ. ކަޅު ޕީޑްރާ އާންމުކޮށް ފެންނަނީ ހޫނު ގަދަ ހިސާބުތަކުންނެވެ. ހަށިގަނޑުގެ އިތުރުން ބޯ އަދި ޖިންސީ ގުނަވަން ހިމެނޭ ހިސާބަށް ވެސް މި ބަލި ޖެހިދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޖިއަންޒިއަންގެ އެސްފިޔައިގެ ދިގުމިން އެނގިއްޖެ ނަމަ ހަމަ ހަންތަރީސް ވާނޭ!

ޖިއަންޒިއަންގެ އެސްފިޔައިގެ ދިގުމިން އެނގިއްޖެ ނަމަ ހަމަ ހަންތަރީސް ވާނޭ!

މާރޗް 7, 2021
ގައިން ހިއްލާ ދާތައް ދަމާލައި އެ ކަރަޓަށް ބަދަލުކޮށްލާ މެޓީރިއަލްއެއް

ގައިން ހިއްލާ ދާތައް ދަމާލައި އެ ކަރަޓަށް ބަދަލުކޮށްލާ މެޓީރިއަލްއެއް

މާރޗް 7, 2021
ބުޅާތަކެއް ސަލާމަތް ކުރި އޮފިސަރަކަށް މީސްމީޑިޔާގައި އެތައްބަޔަކު ތައުރީފްކޮށްފި

ބުޅާތަކެއް ސަލާމަތް ކުރި އޮފިސަރަކަށް މީސްމީޑިޔާގައި އެތައްބަޔަކު ތައުރީފްކޮށްފި

މާރޗް 5, 2021
ސްޓްރޯބެރީން މޫނުގެ ހަންގަނޑު އޮމާންކޮށް ލެވިދާނެ!

ސްޓްރޯބެރީން މޫނުގެ ހަންގަނޑު އޮމާންކޮށް ލެވިދާނެ!

މާރޗް 4, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ރައީސް ނަޝީދުގެ މިރޭގެ ފަރިއްކޮޅު މޫދު އަޑީގައި

    ރައީސް ނަޝީދުގެ މިރޭގެ ފަރިއްކޮޅު މޫދު އަޑީގައި

    0 shares
    Share 0 Tweet 0
  • އަނެކުންގެ އަޤީދާއާމެދު ގޮތް ކަނޑައަޅައި ޙުކުމް އިއްވާ ހަދަނީ ކޮންފަދަ ގަދަފަދަ ބާރަކައިގެންތޯ: ތޭރަ

    0 shares
    Share 0 Tweet 0
  • ”އަމިއްލަ ގެދޮރުހުރެ، ގެއިން ބޭރުކޮށްލެވިފައި“

    0 shares
    Share 0 Tweet 0
  • އިންތިޚާބު ބޯމަތިވީމަ ފްލެޓް ދޮންބެއާއި، ބަފާބެއާއި، މައިދައިތައާއި ހިވަނީ އެހެންކަމެއްހެން: މޫސަ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In