އެޗްޕީއޭއިން ދެންމެ ހާމަކުރި ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތުގައި ބުނެފައިވަނީ ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އަށް ރަގަނޅުވި މީހުންގެ އަދަދަކީ 119 ކަމަށެވެ.
ރަނގަޅުވެފައިވަނީ 119 މީހުން ކަމަށާއި މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 5155 މީހުން ރަނގަޅު ވެފައިވާ ކަމަށެވެ. 7،804 މީހަކަށް ވަނީ މިބަލި ޖެހިފައެވެ.
ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވުވި 137 މީހުންގެ ތެރޭގައި ހިމެނެނީ 96 ދިވެހިންނާ، 25 ބަންގުލަދޭޝް މީހުންނާއި، އިންޑިޔާ09 މީހަކާއި ސްރިލަންކާގެ 02 މީހަކާއި ފިލިޕިންސް އަދި ރަޝިޔާ އަދި ގާނާ މީހެކެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް މިހާތަނަށް 112،927 ސާމްޕަލް ނަގާފައިވާއިރު، އައިސޮލޭޝަން ފެސިލިޓީގައި 1451 ފަރާތެއް ހޮސްޕިޓަލްގައި އެޑްމިޓް ކޮއްފައިވަނީ 172 ފަރާތެއް އަދި ކަރަންޓީނު ފެސިލިޓީގައި އެއްވެސް ފަރާތެއް ނުވާކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.
އަދި މިބަލީގައި ރާއްޖެއިން 28 މީހަކު ވަނީ މަރުވެފައެވެ.