ބާރުގަދަ ބިންހެލުމަށް އައްޑޫ ސިޓީ ކައިރިން އަތުވެއްޖެއެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ހަމަކުރާ ގޮތުގައި ބިންހެލުން އައިސްފައިވަނީ އައްޑޫއާ 492 ކިލޯ މީޓަރު ދުރުން ޗާގަސް އާކިޕެލަގޯ ސަރަހައްދަށް ކަމަށާއި ބިންހެލުން އައިސްފައިވަނީ 10 ކިލޯ މީޓަރު އަޑިން 5.8 މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށެވެ.
ރާއްޖެ ގަޑިން ރޭ 10:22 ގައި ބިންހެލުން އައިސްފައިވާ ކަމަށާއި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އަސަރު ކުރާނެ ކަމަށް ނުބެލެވޭ ކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއެވެ.
މިގެ ކުރިން ވެސް އައްޑޫ ކައިރިއަށް 5.6 މެގްނެޓިއުޑްގެ ބާރުމިނުގެ ބިންހެލުމެއް އައިސްފައިވެއެވެ.