ލުބުނާންގެ އައު ބޮޑު ވަޒީރަކަށް އެ ޤައުމުން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ އެންވޯއީ މުސްޠަފާ އަދީބް ޢައްޔަން ކުރައްވައިފިއެވެ.
ބޭރުޠުގެ ނުރައްކާތެރި ގޮވުމާއިއެކު، އޭރު އޮންނެވި ސަރުކާރު އެއްކޮށް އިސްތިއުފާ ދެއްވުމާއިއެކު، މުސްޠަފާއަށް ޤައުމު ޙަވާލުކޮށްފައިވަނީ، މިވަގުތު ވެރިއެއްގެ ޙައިޞިއްޔަތުން ޤައުމުގެ އިސްތިޤްލާލު ދެމެހެއްޓުމަށާއި، އިޤްތިޞާދު ކޮޅަށް ޖެހުމަށެވެ.
ލުުބުނާންގެ ރިޔާސަތުން ޓީވީ އިން ޢާންމު ކުރި ބަސްދީގަތުމެއްގައިވަނީ އެ ޤައުމުގެ ރައީސް މިކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދީބް ވަނީ އެ ޤައުމުގެ ރައީސްއާއި ބައްދަލު ކުރެއްވުމަށް ބޭރޫޠުގެ އައްސޭރި ބާބްޑާއަށް ވަޑައިގަންނަވާފައެވެ. އަދި އޭނާ ވަނީ ރައީސް މިކެލް އާއޯން އާއި މަޖިލީހުގެ އިސް ބޭފުޅެއްކަމަށްވާ ނަބީހް ބެރީ އާއި ބައްދަލު ކުރައްވާފައެވެ. ބޭރޫޠުގެ ބާރުގަދަ ގޮވުމާއި އެކު އެތައް ސަތޭކަ މީހުން މަރުވެ، އެތައް ސަތޭކަ މީހުން ޙާލުގައި ޖެހުމާއިއެކު، ގިނަ ބަޔަކު އެ ޤައުމުގެ މަގުތައް މައްޗަށް ނުކުމެ ވަނީ ބޮޑު މުޒާހަރާއެއް ކޮށްފައެވެ.
އަދި މި ކަމުގެ ސަބަބުން، އެ ޤައުމުގެ ބޮޑު ވަޒީރު އަދި އޭރުގެ ސަރުކާރު އެއްކޮށް ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.