ބޭންކް އޮފް މޯލްޑިވްސް ގެ ޑިރެކްޓަރުންގެ ބޯޑަށް އައު ޑިރެކްޓަރުން ހަމަޖައްސައިފިއެވެ.
2019 ވަނަ އަހަރުގެ އަހަރީ ޖަލްސާއަށް ފަހު ބޭއްވުނު ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި މި މަޤާމް ކަނޑައެޅުނެވެ.
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ އިއްޔެ ބާއްވާފައި ވަނީ އޮންލައިންކޮށެވެ.
ސަރުކާރުގެ ފަރާތުން އަހަރީ އާންމު ޖަލްސާގައި ބޯޑަށް އައްޔަން ކުރެވުނު ޑިރެކްޓަރުންނަކީ..
1- ސަނާ މަންސޫރު، މއ. މަނަސް/ މާލެ
2- ޓިމޮތީ ސޯޔަ (ޗީފް އެގްޒެކްޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު)
3- ޢާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ/ މާލެ
4- ޖުވައިރިޔާ ސައީދު، މއ. ކޮށީގެ/ މާލެ
5- ނަޖީމް އިބްރާޙީމް ޒަކަރިއްޔާ، މ. ދާޝިން/ މާލެ
6- ހުސައިން ތައުފީޤް އަލީ، މ. މުއިރި/ މާލެ
7- ޢަބްދުﷲ ހަސަން، ނަސީމާމަންޒިލް/ ރ. އަލިފުށި
ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަނާ މަންސޫރު، މއ. މަނަސްއެވެ.
މީގެ އިތުރުން އާންމު ހިއްސާދާރުންގެ ފަރާތުން ކުރެއްވި 3 ޑިރެކްޓަރުން އިންތިހާބުކުރިއެވެ. އެބޭފުޅުންނަކީ..
މުހައްމަދު އަބްދުއްސައްތާރު، މއ. ޓިއުލިޕްވިލާ/ މާލެ. އިބްރާހީމް މުހައްމަދު، ނެލުމް/ ނ. ހޮޅުދޫ. އަހްމަދު މުހައްމަދު، ގ. އުފާ/ މާލެއެވެ.