ސަޢުދީ ރަސްގެފާނު ނެރެފައިވާ ޢަމުރު ޢާންމެއްގައި އެ ޤައުމުގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލުންތަކެއް ވަޒީފާއިން ވަކިކޮށްފިއެވެ.
ސަޢުދީގެ ރަސްގެފާނުގެ ޢަމުރުފުޅަށް ވަޒީފާއިން ވަކިކޮށްފައިވާ މީހުންގެ ތެރޭގައި ޝާހީ ޢާއިލާއަށް ނިޞްބަތްވެ ވަޑައިގަންނަވާ 2 ބޭފުޅުންވެސް ހިމެނެއެވެ. މި ގޮތުން، ވަލީ އަޙްދު ފަހްދު ބިން ތުރުކީ އާއި އޭނާގެ ދަރި އަބްދުލް ޢަޒީޒް ބިން ފަހްދުވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، މި ދެ ބޭފުޅުންގެ އިތުރުން އަދި 4 މީހެއްގެ މައްޗަށް ފައިސާގެ މުޢާމަލާތްތަކެއް ކޮށްފައިވާތީ ތަހުޤީގުކުރުމަށް ވަނީ ރަސްގެފާނު ޢަމުރުކުރައްވާފައެވެ. ރަސްކަމަށް އަރާ ވަޑައިގަންނަވަން ދެން ހުންނެވި ވަލީ އަޙްދު މުހައްމަދު ބިން ސަލްމާންގެ ޒަޢާމަތުގެ ދަށުން ސަޢުދީ އަރަބިޔާގައި ކޮރަޕްޝަނާއި ދެކޮޅަށް އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ނަމަވެސް، ޝާހީ ޢާއިލާއާއި ދެކޮޅު ބޭފުޅުން ވިދާޅުވަނީ މިއީ އެ ބޭފުޅުންގެ އިސްތަށިފުޅުގައި އެޅުވި ކަމެއް ކަމަށާއި، މިއީ ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާން ރަސްކަމަށް އަރާވަޑައިގަތުމުގެ ކުރިން ބާރުވެރި ކުރުމަށް ކުރަމުން އަންނަ ކަންކަމެވެ.
ވޯލް ސްޓްރީޓް ޖާރނަލްއާއި ޙަވާލާދީ މި އަހަރުގެ ކުރީ ކޮޅުވެސް ސަޢުދީގެ ޝާހީ ޢާއިލާއަށް ނިޞްބަތްވާ 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ރަސްގެފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ވަލީ އަހްދުވެސް ހިމެނިވަޑައިގަންނަވައެވެ.