ދުބާއިގެ ޤައުމީ އެއާރލައން އެމިރޭޓްސް އެއަރލައިންއަށް ކޯވީޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ގެއްލުމުން އަރައިގަތުމަށް ދުބާއީ ސަރުކާރުން 2 ބިލިއަން ޑޮލަރު އެހީ އެއަރލައިނަށް ދީފިއެވެ.
އެމިރޭޓްސްގެ ފައިދާ ކޯވިޑްގެ ސަބަބަން ކުރިމަތިވި ގެއްލުމުގެ ސަބަބުން މާޗުމަހު ނިމުނު ފިސްކަލް އަހަރުގައި ވަނީ 28 އިންސައްތަ ދަށަށް ގޮސްފައެވެ.
އެމިރޭޓްސްއަށް 2 ބިލިއަން ޑޮލަރު ފޯރުކޮށްދީފައިވަނީ އެއަރލައިންގެ ހިއްސާދާރެއްގެ ގޮތުން އެއަރލައިނަށް ކުރިމަތިވަމުންދާ ގެއްލުމުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މީދިޔާ ރިޕޯތްތަކުގައިވެއެވެ. ދުބާއީ ސަރުކާރުން އެމިރޭޓްސްއަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާއިރު ދުބާއީގެ ވަލީ އަހުދު ހަމްދާން ބިން މުހައްމަދު އަލް މަހްތޫމް ވަނީ އެމިރޭޓްސްއަށް އެހީވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ދުބާއީން ކުރާނެކަމުގެ ޔަޤީންކަން މިދިޔަ މާޗުމަހު ދެއްވާފައެވެ. އަދި އެމިރޭޓްސްއިން ވަނީ ދުބާއީ ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ލިބެމުންދާކަން ހާމަކޮށްފައެވެ.
ދުބާއީ ސަރުކާރުން ފޯރުކޮށްދޭ މާލީ އެހީތެރިކަމާއެކު އެމިރޭޓްސްގެ އޮޕަރޭޝަނަށް ބަދަލު ގެންނަން ކުރާ މަސައްކަތް ވަރަށް ބޮޑަށް ފަސޭޙަވެގެންދާނެކަމަށް މީދިޔާ ޙަބަރުތަކުގައި ވެއެވެ.
އެއަރލައިންގެ ނެޓްވޯކާއި ފްލީޓް ރީސްޓްރަކްޗަރކުރުމުގެ މަސައްކަތް އެބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ.
ވައިގެ ދަތުރުފަތުރުގެ ސިނާއަތް ކޯވިޑްގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ސިނާއަތަކަށް ވެފައިވާއިރު ކުރިމަތިވި ގެއްލުމުން އަރައިގަތުމަށް 4 ވަރަކަށް އަހަރު ނަގާނެކަމަށް ތަޖުރިބާކާރު މާހިރުން ހަމަކުރެއެވެ.