މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ޚާއްސަ އަސްކަރީ ތަމްރީނުތަކެއް ބޭއްވުމަށް އިންތިޒާމުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޑިފެންސްއިން ހާމަކުރިގޮތުގައި އަސްކަރީ ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 07 އިން ފެށިގެން 10 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 06:00 އިން ހަވީރު 18:00 އަށެވެ.
މި ގޮތުން މި މުއްދަތުގެތެރޭގައި ޅ.ވަން އެންޑް އޮންލީ ކަނުހުރާގެ އިރުއުތުރުން 05 ނޯޓިކަލް މޭލު ބޭރުގައި މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށް ޑިފެންސް މިނިސްޓްރީން ހާމަކުރެއެވެ.
ޑިފެންސް މިނިސްޓްރީން ހާމަކުރިގޮތުގައި މި ތަމްރީނުތަކުގައި ހަތިޔާރުގެގޮތުގައި މެޝިން ގަން ފަޔަރިންގ ބޭނުންކުރާނެއެވެ.
މި ގޮތުން ވައިގެ ސަރަހައްދުގައި ހަތިޔާރު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 5000 މީޓަރެވެ. އަދި ވައިގެ ސަރަހައްދުގައި ހަތިޔާރު ބޭނުންކުރާނެ އެންމެ އުސްމިން 100 މީޓަރުކަމަށާއި ވައިގެ ސަރަހައްދުގައި ހަތިޔާރު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީ-ލެވެލްކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.
އޭގެ އިތުރުން ވައިގެ ސަރަހައްދުގައި ހަތިޔާރު ބޭނުންކުރާނެ ޑައިރެކްޝަނަކީ ޅ.ވަން އެންޑް އޮންލީ ކަނުހުރާގެ އިރުއުތުރުން 05 މޭލު ބޭރުގައިކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.