ރާއްޖެއިން ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން ވިއެޓްނާމުން ރާއްޖެއަށް 20،000 ޑޮލަރު ހަދިޔާކޮށްފިއެވެ.
މި ފައިސާ ދިވެހި ސަރުކާރާ ހަވާލުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ވިއެޓްނާމުން ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. މި ފައިސާއާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ރާއްޖެއިން ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު ޢަބްދުއްރައްޒާގުއެވެ.
ރައްޒާގު ވަނީ މިފަދަ އުނދަގޫ ދަނޑިވަޅެއްގައި ވިއެޓްނާމްގެ ފަރާތުން ފޯރުކޮށްދިން މި އެހީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.
އެކި ޤައުމުތަކުން އަންނަނީ ރާއްޖެއިން ކޯވިޑާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެހީ ފޯރުކޮށްދެމުންނެވެ. އެގޮތުން ދާދިފަހުން އޮސްޓްރޭލިއާ އިން ވަނީ ރާއްޖޭގައި މަސައްކަތްކުރާ ހިދުމަތްތެރިންނަށް 120،000 ޑޮލަރުގެ ސާމާނު ހަދިޔާކޮށްފައެވެ.