ބޭރޫޠުގައި ހިނގައިދިޔަ ބާރުގަދަ ގޮވުމުގައި، ޝައްކު ކުރެވޭ އަދި ޒިންމާ ނަގަންޖެހޭ ކަމަށް ބެލެވޭ 25 މީހުން ތިބީ ހައްޔަރުގައި ކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.
އެ ޤައުމުގެ ޖުޑީޝަލް ސާރވިސަސްގެ އޮފިޝަލަކު މަޢުލޫމާތު ދިން ގޮތުގައި މި ވަގުތު 21 މީހަކު ވަނީ ހައްޔަރުކޮށް ތަހުޤީޤީ މަރުހަލާ ފަށާފައެވެ. މި ގޮވުމުގައި 180 މީހުން މަރުވެފައިވާއިރު، 6000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އެ ޤައުމުގެ ޖަޖެއް ކަމަށްވާ ފަދީ ސާވަން ވަނީ ބާކީ 4 މީހުން ހައްޔަރުކުރުމަށް ޢަމުރު ނެރެފައެވެ.
އެތައް ސަތޭކަ ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ގުދަންކޮށްފައިވާ މި ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލުމަށް މީގެ 6 އަހަރު ކުރިންވެސް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ. ނަމަވެސް، ކަމާބެހޭ ފަރާތްތައް ދީފައިވަނީ ބީރު ކަންފަތެކެވެ. ލުބުނާން އިން ވަނީ އެ ޤައުމުގެ މި މައްސަލަ ބޭރުގެ އިންވެސްޓިގޭޓަރުންނާއި ހަވާލު ކުރުމަށްވެސް ދެކޮޅު ހަދާފައެވެ.