އަންނަ އޮކްޓޫބަރުމަހުގައި ގެސްޓު ހައުސްތައް އަލުން ހުޅުވައިލަން ނިންމާފައިވާ ނަމަވެސް މާލޭ ސަރަހައްދުގެ ގެސްޓުހައުސްތައް އަދި ނުހުޅުވޭނެކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މަޢުޞޫމު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މަޢުޞޫމް ވިދާޅުވީ އޮކްޓޫބަރު 15 އިގައި ގެސްޓު ހައުސްތައް އަލުން ހުޅުވައިލަން ކުރިން ރާވާފައިވީ ނަމަވެސް މާލޭ ސަރަހައްދުގައި ކޮވިޑު ފެތުރޭ މިންވަރަށް ބަލާއިރު ގެސްޓު ހައުސްތައް ހުޅުވެންނެތް ކަމަށެވެ.
ނަމަވެސް މާލެ ސަރަހައްދުގައި ޕޮޒިޓިވްވާ މިންވަރު %5 އަށްވުރެ ދަށްވެއްޖެނަމަ ގެސްޓު ހައުސްތައް ހުޅުވުމުގެ ފުރުސަތުދެވިދާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ލަފާދީފައިވާކަމަށް ވެސް މިނިސްޓަރު މަޢުޞޫމް ވިދާޅުވިއެވެ.
ހަމައެއާއެކު މާލޭ ސަރަހައްދުގެ ގެސްޓު ހައުސްތައް އޮކްޓޫބަރުމަހުގެ ފަހުން ވެސް ބޭނުންކުރެވޭނީ މިހާރު ބޭނުންކުރަމުން އަންނަގޮތަށް ޓްރާންސިޓް ހޮޓެލްތަކެއްގެ ގޮތުގައިކަމަށް ވެސް ވިދާޅުވިއެވެ.