ޓައިފޫން މޭސާކްގެ ނަމުން ނަންދީފައިވާ ބޮޑު ތޫފާނެއް ދެކުނު އަދި އުތުރު ކޮރެޔާކައިރީގައި އުފެދި އެ ދެޤައުމާއި ދިމާލަށް މިސްރާބު ޖަހައިފިއެވެ.
ބުދަ ދުވަހުގެ ވަގުތެއްގައި މި ދެޤައުމަށްވެސް އަރާފައިވާ މި ޠޫފާނަކީ މި ސަރަހައްދުގައި މި ފަހުގެ އަހަރުތަކުގައި އުފެދިފައި ނުވާ ވަރުގެ ބާރުގަދަ ޠޫފާނެކެވެ. ކޮރެއާގެ 300 އަށް ވުރެ އެތެރޭގެ ވައިގެ އުދުހުންތައް ހުއްޓާލާފައިވާއިރު މި ޠޫފާންވަނީ ކޮރެޔާގެ ދެކުނުގައި އޮންނަ ޖެޖޫ އައިލޭންޑްއަށް އަރާފައެވެ. އެ ޤައުމުގެ މޫސުމާއި ބެހޭ އިދާރާ ތަކުން ބުނާ ގޮތުގައި، މި ޠޫފާން ދަތުރުކުރަމުން އަންނަނީ ގަޑިއަކު 101 މޭލުގެ ބާރުމިނުގައެވެ.
ދެކުނު ކޮރެޔާގެ ބޮޑު ވަޒީރު ޗުންގް ސައި ކިޔުން ވިދާޅުވި ގޮތުގައި، މި ޠޫފާންއަކީ 2003 ވަނަ އަހަރު އެ ޤައުމަށް އެރި މައެމި އާއި އެއްވައްތަރު ޠޫފާންއެކެވެ. އެ ޠޫފާންގައި 131 މީހުން މަރުވެ 3 ބިލިޔަން ޑޮލަރުގެ ގެއްލުން ވަނީ ވެފައެވެ.
އެ ޤައުމުގެ މޫސުމާއި ބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މި ޠޫފާންގެ ވައި އިތުރަށް ގަދަ ވުން އެކަށީގެންވާ ކަމަށާއި، 400 މިލިލީޓަރުގެ ވާރޭވެސް ވެހިދާނެކަމަށް ލަފާ ކުރެވެއެވެ.
މި ޠޫފާންއިން ރައްކާތެރިވުމަށް ބުސާންގެ މުނިސިޕަލްޓީއިންވަނީ އެތައްހާސް ވެލި ގޯނިޖަހައި ފެންބޮޑުވުމުން ސަލާމަތްކުުރުމަށް ފިޔަވަޅު އަޅާފައެވެ.
ބުރާސްފަތި ދުވަހުގެ ވަގުތެއްގައި މި ޠޫފާން އުތުރު ކޮރެޔާއަށްވެސް އަރާނެކަމަށް ވަނީ ލަފާ ކުރައްވާފައެވެ. އަދި އުތުރު ކޮރެޔާގެ ސަރުކާރުން ވަނީ މި ޠޫފާންއިން އެންމެ ބޮޑު އަސަރެއް ކުރާނެ ތަންތަން ދެނެގަނެފައިކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.
ޠޫފާން މޭސަކް އަކީ ޕެނިންސޫލާއަށް އެއް ހަފްތާއެއްގެ ތެރޭގައި އެރި ދެވަނަ ޠޫފާންއެވެ.