ހދ.ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ %65 މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.
މި މަޝްރޫޢުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫޢުގެ ދަށުން ފައިމަގުގައި ހިނގާނެ ސަރަހައްދެއް ހެދުމުގެ މަސައްކަތުގެ %80 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ހާމަކުރިގޮތުގައި މި މަޝްރޫޢުގެދަށުން ފައިމަގުގައި ހިނގޭ ގޮތަށް 16،518 ސްކެއާ މީޓަރުގެ ސަރަައްދެއް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން މަގުގައި ދުއްވޭ ގޮތަށް 38،916 ސްކެއާ މީޓަރުގެ ސަރަހއްދެއް ޤާއިމުކުރުމަށާއި 19,679.7 ސްކެއާ މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްކުރުން ހިމެނޭކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
ހުސްވި އަހަރު ޖޫންމަހުގެ 15 ގައި ޢަމަލީ މަސައްކަތް ފަށާފައިވާ މި މަޝްރޫޢުއަކީ 46.7 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.