ޗައިނާއާއި އެއްވައްތަރު ނުވުމަށާއި، ޗައިނާއާއި ޓައިވާން އެއްވައްތަރުވުުން ދުރުވުމަށް އެ ޤައުމުގެ ޕާސްޕޯޓު އަލުން ޑިޒައިން ކުރުމަށް ނިންމައިފިއެވެ.
ޓައިވާންގެ ގިނަ ރައްޔިތުންނަށް އެހެން ޤައުމުތަކަށް ދަތުރުކުރުމަށް މިހާރުވަނީ ތަކްލީފަކަށް ވެފައެވެ. ސަބަބަކަށް ވެފައިވަނީ، އެ ޤައުމުގެ ޕާސްޕޯޓުގައި ’ރިޕަބްލިކް އޮފް ޗައިނާ‘ ޖެހުމަށް ފަހު ކުޑަ ކޮށް ’ޓައިވާން‘ ޖަހާފައި ވުމުގެ ސަބަބުން ގިނަ ާޤައުމުތަކުން މިއީ ޗައިނާގެ ރައްޔިތެއްކަމަށް ޤަބޫލުކުރާތީ ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.
މި ޤައުމުން އަލަށް އުފައްދަން ނިންމާފައިވާ ޕާސްޕޯޓުތައް އަންނަ ޖެނުއަރީ މަހު ނެރުމަށް ހަމަޖެހިފައިވާއިރު، މި ޕާސްޕޯޓުގައި ބޮޑު އަކުރުން އޮންނާނީ ’ޓައިވާން‘ ކަމަށް އެ ޤައުމުން ބުނެއެވެ.
އެ ޤައުމުގެ ފޮރިން މިނިސްޓަރ ޖޯސެފް ވޫ ބުނާ ގޮތުގައި، އައު ޕާސްޕޯޓު އެންމެ ފުރަތަމަ ބޭނުންވާ އެންމެ ބޮޑު އެއްް ސަބަބަކީ، ގިނަ ޤައުމުތަކުން އެ ޤައުމަށް އެތެރެވާ މީހުންގެ ޤައުމު ބަލަމުންދާތީ އެވެ. އަދި މި ބަލިމަޑުކަމާއި އެކު، ޗައިނާއިން އަންނަ ގިނަ ބަޔަކު އެތެރެ ނުކުރުމަށް ގިނަ ޤައުމުތަކުން ބުނަމުންދާ ކަމަށްވެސް އެނާ ވަނީ ވިދާޅުވެފައެވެ.
ވޭތުވެދިޔަ އަހަރުތަކުގައި، ޓައިވާންއިން ވަނީ އެ ޤައުމާއި ޗައިނާގެ ގުޅުމާއި ދެމެދު ހޫނު އެތަކެއް ބަހުސްތަކެއް ކޮށްފައެވެ. އަދި ކޮރޯނާ ވައިރަސް ދުނިޔެއަށް ފެތުރެން ފެށުމާއިއެކު، އެ ޤައުމުން އަނެއްކާވެސް މި ވަނީ މި މައްސަލަ ފެންމަތިިކޮށްފައެވެ.