ފޭސްބުކްއިން ބުރާސްފަތި ދުވަހު ބުނި ގޮތުގައި އެމެރިކާގެ ރިޔާސީ އިންތިޚާބަށް އެއް ހަފްތާއަށް ވެފައިވާއިރު، ސިޔާސީ އެއްވެސް ޕޯސްޓެއް ފޭސްބުކްގައި އިޝްތިހާރު ނުކުރުވޭނެކަމަށެވެ.
ފޭސްބުކްއިން ބުނެފައިވާ ގޮތުގައި އެއްވެސް ކެނޑިޑޭޓަކު އޮފިޝަލް ނަތީޖާ ނެރުމުގެ ކުރިން، އިންތިޚާބު ކާމިޔާބުވެއްޖެ ކަމަށް ޕޯސްޓެއް ޖަހައިފިކަމުގައިވާ ނަމަ، ފޭސްބުކްއިން އޮޓޯއިން އޮފިޝަލް ނަތީޖާއަށް ދާނެގޮތް ހަދާފައިވާނެއެވެ.
އަދި ހުރިހާ ވޯޓާއި ގުޅުންހުރި ޕޯސްޓުތަކުގައި އިންފޮމޭޝަން ލޭބަލްއެއްވެސް ހިމެނޭނެކަމަށް ފޭސްބުކްއިންވަނީ ބުނެފައެވެ. ފޭސްބުކްގެ މެސެންޖަރއިން އެ ކުންފުނިންވަނީ 5 މީހުންނަށްވުރެ ގިނަ މީހުންނަށް މެސެޖު ނުފޮނުވޭގޮތްވެސް ހަދާފައެވެ. ސަބަބެއްކަމުގައި އެ ކުންފުނިން ބުނެފައިވަނީ ގިނަ ބަޔަކަށް މެސެޖުކޮށްގެން ހަމަނުޖެހުމެއް ހިނގުމަށް ފުރުޞަތު ނުދިނުމަށެވެ.
ސީބީއެސްއަށް މަޢޫލޫމާތު ދެމުން ފޭސްބުކްގެ ސީއީއީ މާކް ޒަކަރބާގް ބުނި ގޮތުގައި، މި ފަހަރުގެ އިލެކްޝަންގައި މަކަރުހެދުމެއް އުޅޭކަމަށް މީހަކު ބުނުމަކީ މައްސަލަތަކެއް ކުރިމަތިވާނެ ކަމެކެވެ.
އެމެރިކާގައި މި ވަގުތު، ހިނގަމުންދާ ކެމްޕޭންތަކުގެ އިތުރުން، ކޮރޯނާ ވައިރަހާއި ދެކޮޅަށް ހަނގުރާމަ ކުރުމުގެ އިތުރުން، ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާއި އެކު ގިނަ ކުރިމަތިލުންތަކެއް ދަނީ ހިނގަމުންނެވެ.