މަންމައަކު 5 ދަރިން މަރާލާ، ފްލެޓެއްގެ ތެރޭގައި ބައިތިއްބާފައި އޮއްވާ ފެނިއްޖެކަމަށް ޖަރުމަނުގެ ޕޮލިހުން ބުނެފިއެވެ.
5 ދަރިން މަރާލުމަށްފަހު، މަންމަވަނީ ރޭލެއް ކުރިމައްޗަށް ފުންމާލައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައެވެ. ޕޮލިހުން ބުނެފައިވަނީ އެ ކުދިންތައް ފެނިފައިވަނީ، ސިޓީ އޮފް ސޮލިންގެންއިންނެެވެ. މަރުވެފައިވާ ކުދިންގެ ތެރޭގައި ހިމެނެނީ، 3 އަންހެން ކުދިންނާއި، 2 ފިރިހެންކުދިންނެވެ.
މަރުވާން މަސައްކަތްކޮށްފައިވާ މަންމަ ވަނީ ރޭލު ދަގަނޑުމަތިން ސަލާމަތްކޮށްދީފައެވެ. މިކަން ޑުސަރޑޯލްފްގެ އެމަރޖެންސީ ސާރވިސަސްއިން ވަނީ ކަަށަވަރުކޮށްދެއްވާފައެވެ.
ބިލްޑް ޑެއިލީއާއި ހަވާލާދީ ބުނެފައިވަނީ، އެ ކުދިންގެ މާމަ ވަނީ ޕޮލިހަށް ގުޅައި އެ ކުދިންގެ މަންމަ 5 ކުދިން މަރާލައި 6 ވަނަ ކުއްޖެއް ގޮވައިން އަމިއްލައަށް މަރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ. މި މައްސަލައިގައި، ގިނަ ޢަދަދެއްގެ ޖަރުމަނު ފުލުހުންދަނީ މި އެޕާޓްމެންޓް ކައިރީގައި ހަރަކާތްތެރިވަމުންނެވެ.