ހޮލީވުޑްގެ މަޝްހޫރު ތަރި ރޮބާރޓް ޕެޓިސަން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިހާރު ޝޫޓިންގް ކުރިއަށްދާ ބެޓްމޭން ގެ ތަރި، ރޮބާރޓް އަށް މި ބަލި ޖެހުނު ކަަމަށް އެމެރިކާގެ މީޑިޔާ ތަކުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި އޭނާ މި ބައްޔަށް ޕޮޒިޓިވް ވުމާއިއެކު، މިހާރު ޝޫޓިންގް ކުރިއަށްދާ ބެޓްމޭންގެ ޝޫޓިންގްތައްވެސް ވަނީ މެދުކަނޑާލާފައެވެ.
ވާރނާ ބްރޯސްއިން ބުނިގޮތުގައި، އެ ޓީމުގެ އެއް މެންބަރަކުވަނީ ރޮބާރޓްއާއި ގާތުން ބައްދަލުވުމުގެ ސަބަބުން އަމިއްލައަށް އެކަހެރިވެފައެވެ. އަދި، އެއީ ކޮން މެންބަރެއްކަމެއް މި ކުންފުންޏަކުން ހާމައެއް ނުކުރެއެެވެ.
6 މަސް ދުވަސް ވަންދެން ބެޓްމޭންގެ ޝޫޓިންގް މެދުކެނޑިފައި އޮތުމަށްފަހު، އަލުން ޝޫޓިންގް ލަންޑަންގައި ކުރިއަށް ގެންދަންފެށިތާ މާ ގިނަ ދުވަހެއް ނުވަނީސް، އެކްޓަރ ރޮބާރޓް ޕެޓިސަންއަށް މިވަނީ ކޮވިޑް ޖެހިފައެވެ. ޖޫން 2021 ނެރުމަށް ހަމަޖެހިފައިވާ ބެޓްމޭންގެ އައު ފިލްމު މިހާރު ނެރުމަށް ހަމަޖެހިފައިވަނީ އޮކޮޓޯބަރ 2021 ގައެވެ.
އެކްޓަރ ރޮބާރޓްއާއި އެކު އެއް ސެޓެއްގައި މަސައްކަތް ކުރަމުންދާ އެހެން ތަރިން ޕޮޒިޓިވްވި ކަމެއް އެއްވެސް މީޑިޔާ އަކުން އަދި ހާމައެއް ނުކުރެއެވެ.