ސްރީލަންކާގެ ކައިރިން ރޯވި ތެޔޮ ޓޭންކަރުގެ ސަބަބުން ދިވެހިރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި އެމްއެންޑީއެފުން މި ވަގުތު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމް ވަނީ ތެޔޮ ޓޭންކަރުގެ ހާދިސާއާއި ގުޅިގެން ލަންކާ ސަރުކާރާއި ދިވެހި ސަރުކާރުން މަޝްވަރާތައް ކުރަމުންގެންދާކަމަށް ވިދާޅުވެފައެވެ.
ހަމައެއާއެކު ލިބިލައްވައިފައިހުރި މަޢުލޫމާތުތަކަށް ބަލާއިރ އެ ތެޔޮ ޓޭންކަރުން ތެޔޮ ލީކްނުވާކަމަށއި ހެދިފައިހުރި ޕްރެޑިކްޝަނަށް ބަލާއިރު ރާއްޖެއަށް މީގެ އެއްވެސް އަސަރެއް ނުކުރާނެކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނުގައި ލަންކާގެ އިރުމަތީ ފަރާތު ބޭރުން ހިނގި މި ހާދިސާ ހިނގީ ސާފުނުކުރާ ތެޔޮ ބަރުކޮށްގެން ކުވައިތުން ފުރައިގެން އިންޑިއާއަށް އައުމުގެތެރޭގައެވެ.