“ފްލައިމީ“ އިން އިންޓަރނޭޝަނަލް ދަތުރުތައް ފަށައިފިއެވެ.
ފްލައިމީ އިން އިންޓަރނޭޝަނަލް ދަތުރުތައް ފަށާފައިމިވަނީ ބުރާސްފަތި ދުވަހު އެ އެއަރލައިނަށް އެއަރ އޮޕަރޭޝަން ސެޓްފިކެޓް(އޭއޯސީ) ލިބުމާއެކުގައެވެ.
މި ގޮތުން އެ އެއަރލައިންގެ ފުރަތަމަ ފްލައިޓް ބާއްވާފައިވަނީ މިއަދުގައެވެ. ޗާޓަރު ފްލައިޓެއް ބާއްވައި އެ އެއަރލައިނުން ފުރަތަމަ ދަތުރު ފަށާފައިވަނީ ސްރީލަންކާގެ ބަންޑާރަނައިކް އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.
މީގެ އިތުރުން ލަންކާގެ ބޯޑަރު ހުޅުވުމާއެކު ރަޓަމަލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާނެކަމަށް ފްލައިމީ އިން ބުނެއެވެ.
ފްލައިމީން ހާމަކުރާގޮތުގައި އެ އެއަރލައިނުން ޝެޑިއުލް ދަތުރުތައް ފަށާއިރު އެކަށީގެންވާ އަގެއްގައި ދިވެހިންނަށް ޓިކެޓު ލިބިގެންދާނެއެވެ. އަދި ލަންކާގެ އިތުރުން އިންޑިއާއަށް ވެސް ދަތުރުތައް ފަށަން ފްލައިމީ އިން ދަނީ ތައްޔާރުވަމުންނެވެ.