ހިމާޔަތްކޮށްފައިވާ ދޫންޏެއްކަމަށްވާ “ދޮންދީނި“ އާއި ބެހޭ ސާވޭއެއް ހަދަން ނިންމައި އެ ސާވޭގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީގައި އުޅޭ “ދޮންދީނި“ އާއި ބެހޭގޮތުން ސާވޭ ކުރިއަށްގެންދަން ނިންމާފައިވަނީ މި މަހުގެ 15 އިން 30 އާއި ދެމެދުގައެވެ. އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ) އާއި އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ނޭޗާ ޕާކް ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ “ސިޓިޒަން ސައިންސް“ ސާވޭގެ ބޭނުމަކީ އައްޑޫގައި އުޅޭ ދޮންދީނީގެ އާބާދީ ދެނެގަތުމެވެ.
މި ސާވޭގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޮންލައިން ފޯމެއްފުރަންޖެހޭނެކަމަށް އީޕީއޭއިން ބުނެއެވެ. މި ކަން ހާމަކޮށް އީޕީއޭއިން ކުރި ޓްވީޓުގައި އެ ފޯމު ވަނީ ހިމަނާފައެވެ.
އައްޑޫ ސިޓީއަށް ޚާއްސަ ދޫންޏެއްގެ ގޮތުގައި ރާއްޖެއަށް މަޝްހޫރުވެފައިވާ “ދޮންދީނި“ އާލާކުރަން ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތްތަކެއް ކޮށްފައިވެއެވެ. މި ގޮތުން ހުވަދުއަތޮޅުގެ ހަވޮޑިގަލާ ކިޔާ ފަޅުރަށުގައި މި ދޫނި އާލާކުރުމަށް މީގެ ކުރިން މަސައްކަތްތަކެއް ކޮށްފައިވެއެވެ. މި ދޫނީގެ އާބާދީ ބަލަން ސާވޭއެއްކުރަން ނިންމާފައިރު އެ ދޫނި ބިސްއަޅައި ހަދާ ބޮޑެތި ގަސްތައް އައްޑޫން މަދުވެފައިވުމުގެ ސަބަބުން ދޫނީގެ އާބާދީ އިތުުރުވާ މިންވަރު މަދުވެފައިވާކަމަށް ގިނަބަޔަކު ފާހަގަކުރެއެވެ.